އަރަބިދުނިޔެދިއިސްލާމްދުނިޔެ

މުބާރަކަކީ ހުދުމުޚްތާރު ވެރިއެއްކަމަށް އެމެރިކާއިން އިޢުތިރާފްވެއްޖެ

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަދި މިޞްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަދި މިޞްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް

އެމެރިކާއާއި ގާތް ގުޅުމެއް ބާއްވަމުން އައި މިޞްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްއަކީ ހުދުމުޚްތާރު އަނިޔާވެރި ވެރިއެއްކަމަށް އެމެރިކާއިން ފުރަތަމަ ފަހަރަށް އިޢުތިރާފްވެއްޖެއެވެ.

މިޞްރުގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކަށް އަލިއަޅުވާލަމުން މިފަދައިން ވައިޓްހައުސްގެ ތަރުޖަމާނު، ޖޭ ކަރނީ އިއްޔެ ހާމަކޮށްފައިވެއެވެ.

"މިއަހަރު ތެރޭގައި މިޞްރު ދަތުރުކޮށްފައިވަނީ ކިހާ ހިސާބަކަށްތޯ މިދަނޑިވަޅުގައި ހަނދާންކުރިން މުހިއްމު. މިޞްރުގެ ރައްޔިތުން އެއަށް މިއަދު އެދެމުންދާ ޑިމޮކްރަސީގެ ނިޒާމަށް މިޞްރުގެ ވެރިކަންކުރުމުގެ ނިޒާމް ބަދަލުކުރުމުގައި ކުރިއަށް ދިއުމަކީ ވަރަށް މުހިއްމުކަމެއް. އާދެ، މިއެދުންތަކުގެ ސަބަބުން އެޤައުމުގެ އެތަށް އަހަރުތަކެއްވީ ހުދްމުޚްތާރު ވެރިކަން ނިމުމަކަށްގެނައީ،" މިޞްރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް އެމެރިކާއިން ކަންބޮޑުވާކަމަށް ބުނެ ކަރނީ ބުނެފައިވެއެވެ.

ކަރނީ މިހެން ހާމަކޮށްފައިވަނީ ޤާހިރާގެ ތަޙްރީރް މައިދާނަށް މީހުން އެއްވެ ހިނގަމުން އަންނަ ހަމަނުޖެހުންތަކަށް ތިން ދުވަސް ވެފައިވަނިކޮށެވެ.

ތަޙްރީރް މައިދާނުގައި މުޒާހަރާކުރަމުންދާ މީހުންނާއި ޤާހިރާގެ އަސްކަރީ ބާރާއި ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގެ ސަބަބުން 24 މީހުން މަރުވެފައިވާކަމަށް މިޞްރުގެ ޞިއްޙީ ވުޒާރާއިން ހާމަކުރައްވާފައިވިނަމަވެސް އެޤައުމުގެ ޞިއްޙަތާއި ބެހޭ އެހެން އިދާރާތަކުން ހާމަކުރެއްވި ގޮތުގައި މަރުވި މީހުންގެ ޢަދަދު މިހާރު 35 އަށް އަރައިފިއެވެ.

ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ތަހްރީރް މައިދާނަށް އެއްވަމުންދާ އެތައް ހާސްމީހުންނަށް މީހުންނަށް ކުރިމަތިލުމަށްޓަކައި މިޞްރުގެ ފުލުހުންދަނީ ކަރުނަގޭހާއި ރަނބަރު އުންޑަ ބޭނުން ކުރަމުންނެވެ. މީގެ ސަބަބުން އެތަށް ބަޔަކަށް އެކިވަރުގެ އަނިޔާތައްދަނީ ލިބެމުންނެވެ.

މަދަނީ ލީޑަރުންނަށް ވެރިކަން ވަގުތުން ވަގުތަށް ހަވާލުކުރަމަށް މިޞްރުގައި މިހާރު ވެރިކަމުން އަންނަ އަސްކަރިއްޔާއަށް ގޮވާލުމަށް މުޒާހަރާތައް ކުރުމަށް މުބާރަކްގެ އަހަރުތައްވީ ހުދްމުޚްތާރު ސަރުކާރު މިއަހަރުގެ ފެބްރުއަރީމަހު ވައްޓާލި މިޞްރުގެ އިންޤިލާބުގެ ފަހަތުގައިވާ ސިޔާސީ ބާރުތަކުން ވަނީ އެޤައުމުގެ ރައްޔިތުންނަށް ގޮވާލާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *