ދިއިސްލާމް ޙައްޤާއި ބާޠިލް" ގެ ނަމުގައި ސަލަފުން ޚާއްޞަ ދަރުސެއް ބާއްވަނީ

ޙައްޤާއި ބާޠިލް" ގެ ނަމުގައި ސަލަފުން ޚާއްޞަ ދަރުސެއް ބާއްވަނީ

ޙައްޤާއި ބާޠިލް" ގެ ނަމުގައި ސަލަފުން ޚާއްޞަ ދަރުސެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މާލޭ ސިޓީގައި ޚާއްޞަ ދަރުސެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ޖަމްޢިއްޔާ އިން މިއަދު ބުނީ މިދަރުސް ބޭއްވުމާ ގުޅޭގޮތުން ޖަމްޢިއްޔާގެ އިސްވެރިންގެ މެދުގައި ރޭ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، އެބައްދަލުވުމުގައި މިދަރުސްގެ ނަމެއްގެ ގޮތުގައި "ޙައްޤާއި ބާޠިލް" މިނަން ފާސްކޮށްފައިވާ ކަމަށެވެ. އަދި މިދަރުސް އޮންނަ ތަނަކާއި، ތާރީޚް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ސަލަފުން ބުންޏެވެ.

އެ ބައްދަލުވުމުގައި ބައިވެރިވީ އެ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް އާއި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އަދި އޮޕަރޭޝަންސް މެނޭޖަރ ޢަލީ ރަމީޒް ބިން ޤާސިމް އެވެ.

ސަލަފުން ބުނީ އެ ޖަމްޢިއްޔާ އިން ކުރިން ބާއްވާފައިވާ ދަރުސްތަކުގެ ޑީވީޑީތައް ޢާއްމުންނަށް ލިބޭނޭހެން ބާޒާރަށް ނެރެމުންދާ ކަމަށެވެ. އެގޮތުން، "ދަކޯލް" އިވެންޓްތަކުގައި ޑރ.ބިލާލް ފިލިޕްސްއާއި ޢަބްދުއްރަޙްމާން ގްރީން ދެއްވާފައިވާ ދަރުސްތަކުގެ ޑީވީޑީވެސް މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި މި ޑީވީޑީތައް "ސަލަފްލައިން" ފިހާރަ (ހިލާލީ މަގު) އިން ގަންނަން ލިބެން ހުންނާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުންޏެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އަތޮޅުތެރޭގައި އެންމެ ފަހުން ދަރުސް ބާއްވާފައި ވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އެފަހަރު ދަރުސްތައް ބާއްވާފައި ވަނީ ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްރަށުގައެވެ.

މާލޭ ސިޓީގައި އެންމެ ފަހުން އެ ޖަމްޢިއްޔާ އިން އާއްމު ދަރުސެއް ބާއްވާފައި ވަނީ މިއަހަރުގެ ޖުލައި 22 ގައެވެ. އެފަހަރު އެ ޖަމްޢިއްޔާ އާއި ހުޅުމާލޭގެ ޒުވާނުން ގުޅިގެން އެއަވަށުގައި ބޭއްވި ދަރުސް ދެއްވީ އައްޝައިޚް އަޙްމަދު ސަމީރު އެވެ.

ދަރުސްތައް ބޭއްވުމުގެ އިތުރުން އެ ޖަމްޢިއްޔާ އިން ދަނީ ދީނީ އަދި އިޖްތިމާޢީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ތަފާތު ވޯކްޝޮޕްތަކާއި އިވެންޓްތައް ބާއްވައި އަދި ރޭޑިއޯ ޕްރޮގްރާމްތައް ވެސް ފޮނުވަމުންނެވެ. އެގޮތުން ސަންއެފްއެމް އިން ކޮންމެ ހޯމަ ދުވަހެއްގެ ރޭ 22:00 ން 23:00 ށް "ޢިލްމީ ޚަޒާނާ" ޕްރޮގްރާމްގެ އިތުރުން، ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 22:00 ން 23:00 ށް "ސުވާލަކީ ކޮބާ" ގެ ނަމުގައި ޕްރޮގްރާމް ފޮނުވައެވެ. އަދި ރޭޑިއޯ އެޓޯލް އިން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ 22:00 ން 23:00 ށް "ފަސްއަލޫ އަހްލައްޛިކުރި" ގެ ނަމުގައި ޕްރޮގްރާމެއް ފޮނުވައެވެ.

ޓެގް

ދަރުސް ވީޑިއޯ ޖަމްޢިއްޔަތުއްސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.