ދިއިސްލާމް އައްޑޫ ސިޓީ ހިތަދޫގައި ހުރި ބުދުތައް ހިމެނޭ ބިނާގައި ރޯކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުރި ބުދުތައް ހިމެނޭ ބިނާގައި ރޯކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުރި ބުދުތައް ހިމެނޭ ބިނާގައި ރޯކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިތަދޫގައި ބަހައްޓާފައިވާ ބުދުތައް ހިމެނޭ ބިނާގައި ރޯކޮށްލުމުގެ ސަބަބުން ގެއްލުން ވެފައި

06:20

ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީ ހިތަދޫގެ ޕަވަރ ޕާކް ރެސްޓޯރެންޓް ކައިރީގައި ބަހައްޓާފައިވާ ބުދުތައް ހިމެނޭ ބިނާގައި ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ރޯކޮށްލައިފިއެވެ.

ހިތަދޫން "ދިއިސްލާމް" އަށް މަޢުލޫމާތު ދިން މީހަކު ބުނީ އެ ބިނާގެ ތިރީގައި ބުދުތައް ހުރި ބައިގެ އެއްފަޅި އަނދާ ކަޅުއަރާފައިވާ ކަމަށެވެ. އަދި ރޯކޮށްލާފައި ވަނީ ޕެޓްރޯލް ފަދަ އެއްޗެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

އެ ބިނާގައި ރޯކޮށްލާފައި ވަނިކޮށް ނިއްވާލީ ޕަވަރ ޕާކް ރެސްޓޯރެންޓްގައި ތިބި އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ގޮސް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

މިދިޔަ އަންގާރަ ދުވަހު ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބެހެއްޓި ބުދުތަކާ ދެކޮޅަށް އެރޭ ރައްޔިތުން ނުކުތުމުން ސަރުކާރުން އެ ބުދުތައް އެތަނުން އެރޭ ނެގިއެވެ. ނަމަވެސް ސަރުކާރުން ވަނީ އަނެއް ދުވަހުގެ ފަތިހު އަލުން ބުދުތައް ބަހައްޓާފައެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ އެ ބުދުތައް ވައްޓާލައި، އޭގެ މަތީގެ ބައެއް ހަލާކުކޮށްލާފައި ވެއެވެ. ނަމަވެސް، ފުލުހުން ވަނީ އޭގެ އިރުކޮޅެއް ފަހުން އެބުދުތައް އަލުން ހަދައި އިހުހުރި ގޮތަށް ބަހައްޓައި، ބުދުތުކަށް ޙިމާޔަތްދީފައެވެ.

ބުދުތައް ވައްޓާލިކަމުގެ ތުހުމަތުގައި ބުދަ ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކުރި ދެ ޒުވާނުން މިހާރު ތިބީ ގޭބަންދުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.