ދިއިސްލާމް އައްޑޫ ސިޓީގެ ދެ މިސްކިތަކަށް ގެއްލުން ދީފި

އައްޑޫ ސިޓީގެ ދެ މިސްކިތަކަށް ގެއްލުން ދީފި

އައްޑޫ ސިޓީގެ ދެ މިސްކިތަކަށް ގެއްލުން ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީއިން؛ މުހައްމަދު

އައްޑޫ ސިޓީގެ ދެ މިސްކިތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުން ދީފިއެވެ.

އެ ސިޓީގެ މަރަދޫ އަވަށުގެ މިސްކިތެއްގެ މައިކާއި، މައިކު ސްޓޭންޑް ބަޔަކު ވަނީ ރޭ ވަގަށް ނަގާފައެވެ. އަދި ފޭދޫ އަވަށުގެ މިސްކިތެއްގެ މައިކުތައް ބަހައްޓާފައިވާ އަލަމާރި ހަލާކުކޮށްލުމަށް ވެސް ބަޔަކު ވަނީ ރޭ މަސައްކަތް ކޮށްފައެވެ.

ފޭދޫގެ މަސްޖިދުލް ނަސްރުގެ އިމާމް "ދިއިސްލާމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ ފަތިހު މިސްކިތަށް ދިޔައިރު މައިކު ޖަހާ ބައި ހަލާކުކޮށްފައިވާ ކަމަށާއި، މައިކު ބަހައްޓާ އަލަމާރި ވެސް ހުރީ ހަލާކު ކޮށްލަން މަސައްކަތްކޮށްފައި ކަމަށެވެ. އޭގެ ސަބަބުން ތަޅު ހަލާކުވެ އެ އަލަމާރި ނުހުޅުވޭ ކަމަށް ވެސް އިމާމް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.