އެމެރިކާގެ ރައީސް އޮބާމާގެ މެދުއިރުމަތީގެ މަންދޫބު ޑެނިސް ރޮސް މަގާމުން އިސްތިއުފާދީފިއެވެ.
ޑެނިސް އިސްތިއުފާ ދީފައިމިވަނީ ހުއްޓިފައިވާ ފަލަސްތީނާއި އިސްރާއިލުގެ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް މަސައްކަތްކުރަމުންދާ ވަގުތެއްގައެވެ. އަދި މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރުވަމުންދާ ވަގުތެއްގައެވެ.
މަގާމުން އިސްތިއުފާ ދިނީ އާއިލާ އާ އެކީ ގިނަ ވަގުތު ދިނުމަށްކަމަށް ޑެނިސް ބުނަމުންދާއިރު ، އިސްތިއުފާ ދިނީ މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތު ނާކާމިޔާބުވެ މިވަގުތު މަގާމުގައި ހުރުމަށް ނުފެންނާތީކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލާ އެކު ޙާއްސަ ގުޅުންތަކެއް ބާއްވަމުން ގެންދާ ޑެނިސްވަނީ އަސްކަރީ ގޮތުންނާއި ސަލާމަތީ ކަންކަމުގައި އިސްރާއީލާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށްފާކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ހާމަކުރެއެވެ. މީގެއިތުރުން ޑެނިސް އަކީ ޔަހޫދީ ޒަޔަނިސްޓު ޖަމާޢަތުގެ ވަރަށް ގާތް އެކުވެރިއެއްކަމަށް ޚަބަރުތައް ބުނެއެވެ.
ޑެނިސްއަކީ ހަ މަސް ދުވަހުގެ ތެރޭގައި އިސްތިއުފާ ދިން ދެ ވަނަ މެދުއިރުމަތީގެ މަންދޫބެވެ. ފަލަސްތީނު މިނިވަން ދައުލަތަކަށް ނުހެދުމަށްޓަކާ މަސައްކަތް ކުރަމުން އަންނަ އެމެރާކާއަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެއް ކަމަށް ބެލެވެއެވެ. އަދި މިކަން ގިނަ ބަޔަކު ސިފަކުރަނީ މެދުއިރުމަތީގައި އޮބާމާ ގެންގުޅޭ ސިޔާސާތު ނާކާމިޔާބު ވުންކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...