ދިއިސްލާމް ޢިޒްރޭލުގެ ގުރޫޕަކުން އިގިރޭސިވިލާތުގެ މީޑިޔާއަށް ނުފޫޒު ފޯރުވާކަމުގެ އީމޭއިލްއެއް ލީކްވެއްޖެ.

ޢިޒްރޭލުގެ ގުރޫޕަކުން އިގިރޭސިވިލާތުގެ މީޑިޔާއަށް ނުފޫޒު ފޯރުވާކަމުގެ އީމޭއިލްއެއް ލީކްވެއްޖެ.

ޢިޒްރޭލުގެ ގުރޫޕަކުން އިގިރޭސިވިލާތުގެ މީޑިޔާއަށް ނުފޫޒު ފޯރުވާކަމުގެ އީމޭއިލްއެއް ލީކްވެއްޖެ.

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

ޢިޒްރާޢިލަށް ތާޢީދު ހޯދުމަށްޓަކައި މަސައްކަތް ކުރާ ގުރޫޕަކުން އިގިރޭސިވިލާތުގެ ޙަބަރު ފަތުރާ ފަރާތަށް ކަމުގައި ވާ " ބީ.ބީސީ ، ސްކައި ނިއުސް އަދި ފައިނޭޝިއަލް ޓައިމްސް " އަށް ނުފޫޒު ފޯރުވާ ކަމުގެ މަޢުލޫމާތު ހިމެނޭ އީމޭއިލެއް ލީކު ވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި ލީކުވާން މެދުވެރި ވި ސަބަބަކީ އިޒްރޭލުގެ އެލިސްޓިސް ގުރޫޕްގެ ސީއީއޯ އަށް އޮޅިގެން މި އީމެއިލް ފޮނުވިފައި ވަނީ  ޕެރެސް މެންބަރަކަށެވެ. " ބިރިޓިޝް އިސްރާއީލް ކޮމިނިކޭޝަން އެން ރިސާރޗް ސެންޓަރ" (ބައިކޮމް) ވަނީ ބީބީސީ އަދި ސަކައި ނިއުސް އިން ޢިޒްރާއީލް އާއި އެއްކޮޅަށް ޙަބަރާއި މައުލޫމާތު ގެނެސްދިނުމަށް އެދި ފައެވެ. އަދި މިއީމޭލް ލީކް ކޮށްލި ވެބްސައިޓު އަކީ "ޕިރިޒަން ޕްލެނެޓް ޑޮޓް ކޮމް" ކަމަށް ޚަބަރުތަކުން ބުނެއެވެ.

ބައިކޮމްގެ ސީއީއޯއަކަށް ހުންނަނީ ކުރީގައި އިގިރޭސިވިލާތުގެ ޕާލިމަންޓް މެންބަރެއްކަމުގައި ވާ ލޯރނާ ފިޓްޒައިސްމޮންސް އެވެ. އަދި މީނާއަކީ އިގިރޭސިވިލާތުގެ ލޭބާރ ޕާރޓީއަށް ނިސްބަތް ވާ ދުނިޔޭގައި ހިގާ ހުރިހާ ހަނގުރާމަތަށް ތާޢިދު ކުރާ މީހެކެވެ. އޭނާ ވަނީ މިދިޔަ އަހަރު އިގިރޭސިވިލާތުގައި ބޭއްވުނު ކޮންފަރެންސެއްގައި އާއްމުންގެ ހިޔާލާއި ފާޑުކިޔުމަކުން އެރަށަށް އަންނަ ބިދޭސީނަށް ހެދިފައިވާ ޤަވާއިދުތަކަށް ބާރު ނުފޯރުވޭނެކަމަށާއި އެ ޤަވައިދުތަކަކީ އެއައްވުރެއް މާ މަތީ ދަރަޖައެއް ދެވިގެން ހެދިފައިވާ އެއްޗެއްކަމުގައެވެ.

"ޕިރިޒަން ޕްލެނެޓް ޑޮޓް ކޮމް"އިން ލީކުކޮށްލި އީމޭއިލްގައި ވާ ގޮތުން ބައިކޮމްގެ އޮފިޝަލުން ޤަވައިދުން ބީބީސީ، ސްކައި ނިއުސް އަދި ފައިނޭޝަލް ޓައިމްގެ އެޑިޓަރުންނާއި އަދި ނޫސްވެރިންނާއި ބައްދަލު ކުރާކަމަށާއި އަދި އިޒްރޭލާއި ބެހޭގޮތުން ހަދާ ޙަބަރު އަދި މަޢުލޫމާތު ތަށް ތައްޔާރުކުރުމުގެ ހަމަތަށް ކިޔާދެމުން ދާކަމުގައި ފިޓްޒައިސްމޮންސް ލިޔެފައިވެއެވެ. އަދި އިޒްރޭލަށް ތާޢީދު ލިބޭ ގޮތަށް ހުރިހާ ޙަބަރުވެސް ފަރުމާ ކުރުމަށް ބުނެފައިވެއެވެ. މިގޮތުން ބައިކޮމްގެ އިސް ދިރާސާކުރާ ފަރާތެއްކަމުގައި ވާ ޑ.ރ ނޯމް ލެސްލެމް ވަނީ މިދިޔަ ހޮނިހިރު ދުވަހު ބީބީސީއިން އިޒްރޭލުގެ އެންބަސީއަށް ބަޔަކުދިން ހަމާލާތަކަކާއި ގުޅޭގޮތުން ގެނެސް ދިން ޕްރޮގުރާމެއްގައި ބައިވެރިކޮށްފައި ކަމަށްވެސް ފިޓްޒައިސްމޮންސް ލިޔެފައިވެއެވެ.

ބައިކޮމްގެ ޓީމާއި ބައްދަލުކުރުމަށް ފަހު ސްކައި ނޫސް އިން ވަނީ އެމީހުންގެނެސް ދޭ މެދުއިރުމަތީގެ ޙަބަރުތަކުގެ މަޢުލޫމާތު މުޅިންހެން އިޒްރޭލަށް ތާޢީދުކޮށް ގެނެސް ދީފައިކަމަށް ބައިކޮމްގެ ޗެޔާވުމެން ލިޔެފައިވެއެވެ. އަދި އީމޭލް ނިއްމާލަމުން ފިޓްޒައިސްމޮންސް ލިޔެފައިވަނީ އޭނާ ދަނީ ވަރަށް ގިނަ މަޖައްލާތަކުގެ ވެރިންނާއި ވެސް މިކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން ކަމުގައިއެވެ. އެގޮތުން ޑޭވިޑް ގުޑް ހާޓް އަށް ވާނީ މިފަހަރު ފަލަސްޡީންއަކީ މިނިވަން ދައުލަތަށް ވުމަށް އެދި އ.ދ ގައި ދޭ ވޯޓުގެ ކަންތަށް ކުރިޔަށް ގެންދަން ވީގޮތް ވެސް ކިޔާދީފަކަމުގައެވެ. އިތުރަށް އޭނާ ލިޔެފައި ވާ ގޮތުގައި ބީބީސީ ރިޕޯޓަރަކުވަނީ ފަލަސްޡީނުގެ ބިންތަކުގައި ގަދަކަމުން އަރައިގަނެގެން އުޅޭ އިޒްރޭލުގެ ބައިކޮމްގެ އަންހެނަކާއި އެކީ ގުޅުމެއްހިންގާފަކަމުގައެވެ.

އަދި ބައިކޮމްގެ ސީއީއޯވަނީ ޢިޒްރޭލަށް 3 ދުވަހުގެ ދަތުތުރެއްކޮށް އެތުނުގައި ޔަހޫދީނާއެކީ ހޭދަކުރި ދުވަސްތަކުގައި އޭނާއަށް ދިން މެހެމާންދާރީއަށް ޝުކުރު އަދާކޮށްފައެވެ.

މިއީމޭލްއިން ވަރަށް ރަނގަޅަށް ބީބީސީ އަދި ސްކައި ނިޔުން ފަދަ މީޑިޔާތަށް ވަނީ އިޒްރޭލުގެ ބާރުގެ ދަށުގައިކަން މުޅި ދުނިޔެއަށް ހާމަވެގެން ގޮސްފައެވެ. އަދި އެމެރިކާ، އިގިރޭސިވިލާތް އަދި އިޒްރޭލުން ދަނީ އީރާންއަކީ ތެޔޮ ވަޅު ގިނަ ރަށަކަށް ވުމުން އަތަން އަތްދަށުލާނެ ގޮތެއް ބަލަމުންނެވެ. ބައިކޮމްއަށް މާލީ އެހީ ދޭފަރާތަކީ އިގިރޭސި ބިލިޔަނަރެއް ކަމުގައިވާ ޕޮޖު ޒަބްލުޑޮވިޒް އެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ 18 ވަނައަށް އެންމެ މުއްސަނދި މީހާކަމުގައި ރިކޯޑްކުރެވިފައިވާ މީހެކެވެ. އަދި އިނގިރޭސިވިލާތުގެ ހުރިހާ ސިޔާސީ ޕާރޓީއަކަށް ވެސް ފައިސާ ދީ ގެން ނުފޫޒު ފޯރުވާ މީހެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.