ދިއިސްލާމް ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި

ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި

ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި ތުރުކީ ވިލާތަށް އައި ބިންހެލުމުގައި މިހާތަނަށް 13 މީހުން މަރުވެއްޖެކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.

މަރުވި މީހުންގެ ތެރޭގައި ޖަޕާންގެ ރައްޔިތެއްވެސް ހިމެނެއެވެ. މީނާއަކީ މިދަޔަ މަހު ތުރުކީއަށް އައި ބިންހެލުމުގައި ސަލާމަތީ މަަސައްކަތުގެ އެހީތެރެ ވެދޭން އައިސް އުޅުނު މީހެއްކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

"ސީނިޔަރ ޑިޒާސްޓަރ މެނޭޖްމަންޓު" ގެ އިސް އޮފިޝަލެއް ކަމުގައިވާ  އަކިސިޓް ދައީ ބުނިގޮތުގައި ބެއިރާމް ހޮޓާ ވެޓިފައި ވާ ތަނުން މެދު އުމުރެއްގެ މީހެއްގެ ހަށިގަނޑު ނެގުނުކަމުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ އެހޮޓަލުގެ ބަސް ދަތުރު ތަކާ ބެހޭ ބައިގައި މަސައްކަތް ކުރާ މީހެކެވެ. މީނާގެ ހަށިގަނޑު ފެނުމުން މިހާތަނަށް މަރު ވި މީހުންގެ އަދަދު 13 އެރީ ކަމުގައެވެ. " ވެއްޓިފައި ވާ ޢިމާރާތްތަކުގެ އަޑިން އެއްވެސް މީހެއްގެ އަޑެއްނީވޭ. އެކަމަކު ވެސް މިދަނީ ފަހަރަކު ކޮންކުރީޓް ސީޓުތަށް ނަގަމުން ބަލަމުން. އަދި މިހާރު މިބަލަނީ 3 ފަންގިފިލާ". ދާއި ކިޔާ ދިނެވެ.

ގެއްލިފައިވާ މީހުންގެ އާޢިލާތަކުން ފިނިމޫސުމުގެ ފިނީގައި ބައިރާމް ހޮޓާ ވެއްޓުނު ހިސާބުގައި އަލިފާން ރޯކޮށްގެން އެ މީހުން ގެއްލިފައިވާ އާޢިލާ މެންބަރުންގެ ފެންނާނެ ކަމުގެ އިންތިޒާރުގައި ތިއްބެވެ. އަދި ސަލާމަތީ ކަންކަމުގައި ޙަރަކާތްތެރިވާ މީހުން އެމީހުންނަށް ހޫނު ބުއިން ބަހަމުން ދިޔައެވެ. މަރުވި މީހުންގެ އަދަދު ކަށަވަރު ނުވާކަމުގައި އޮފިޝަލުން ޙާމަ ކުރިއެވެ. ނަމަވެސް ގެއްލިފާވާ މީހުންގެ ތެރޭގައި ތުރުކީގެ 2 ނޫސްވެރިން ވެސް ހިމެނެއެެވެ. ދާއި ބުނިގޮތުގައި ހުކުރު ދުބަހުގެ ރޭގެ ދަންވަރުގެ ވަގުތާ ހަމަޔަށް އެމީހުން، މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމުގައެވެ.

ބައިރާމް ހޮޓާ ވެއްޓެން ދިމާވި އެންމެ ބޮޑު ސަބަބުކަމުގައި އޮފިޝަލުން ބުނަނީ މީގެ 3 ހަފްތާކުރިން އެ ސަރަހައްދަށް އައި ބިންހެލުމުގެ ސަބަބުން އިމާރާތް ބަލިކަށިވުންކަމުގައެވެ. ކުރިން އައި ބިހެލުން އައިސް ފައި ވަނީ 7.2 ރިކްޓަރ މިންގަނޑުންނެވެ. މިފަހަރު ހަމަ އެސަރަހައްދަށް އައި 5.6 ރިކްޓަރ މިންގަނޑުންނެވެ. މިދިޔަ މަހުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 600 އަށް އަރައެވެ.

1999 ވަނަ އަހަރު ވެސް ތުރުކީ ވިލާތަށް ބިންހެލުމެއް އައިސް 20،000 މީހުން މަރު ވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.