ދިއިސްލާމް އެމެރިކާއިން 2024 ވަނަ އަހަރާއި ހަމައަށް އަފްޣާނިސްތާނުގައި ދެމިތިބޭނެ

އެމެރިކާއިން 2024 ވަނަ އަހަރާއި ހަމައަށް އަފްޣާނިސްތާނުގައި ދެމިތިބޭނެ

އެމެރިކާއިން 2024 ވަނަ އަހަރާއި ހަމައަށް އަފްޣާނިސްތާނުގައި ދެމިތިބޭނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ސިފައިންގެ މީހެއް އަފްޢާނިސްތާނުގައި

 

އެމެރިކާއިން 2024 ވަނަ އަހަރާއި ހަމައަށް އަފްޣާނިސްތާނުގައި ދެމިތިބޭނޭކަމަށް އެމެރިކާގައި ހަނގުރާމައާއި ދެކޮޅަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ އާންސާ ކޯލިޝަނުން ހާމަކޮށްފިއެވެ.

އާންސާ ކޯލިޝަނުގެ ރިޗަޑް ބެކަރ ހާމަކުރއްވިގޮތުގައި އަފްޣާނިސްތާނުގައި ދިގުމުއްދަތަކަށް ތިބުމުގެ ވިސްނުމެއް އެމެރިކާގެ އަސްކަރިއްޔާ އާއި ޕެންޓަގަން އަދި ސަރުކާރުން ގެންގުޅެއެވެ. އޭނާ ހާމަކުރެއްވިގޮތުގައި 2024 ވަނަ އަހަރަށްފަހުވެސް އަފްޣާނިސްތާނުގައި ދެމިތިބުމަށް އެމެރިކާ ޙަޤީޤަތުގައި ބޭނުންވެއެވެ. އެހެނެއްކަމަކު އެމެރިކާގެ ރައްޔިތުންގެ ދެކޮޅު ހެދުންތަކުގެ ސަބަބުން އެކަން ނުވާނޭކަމަށް އޭނާ ލަފާކުރައްވައެވެ.

ބެކަރ އިތުރަށް ހާމަކުރެއްވި ގޮތުގައި އެމެރިކާގެ އިސްތިޢުމާރުގެ ދަށުން އަފްޣާނިސްތާން މިނިވަންކުރެވޭނީ އަފްޣާނިސްތާނުގެ ރައްޔިތުންނާއި އެމެރިކާގެ ރައްޔިތުން އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ރައްޔިތުންވެސް އެމެރިކާއާއި ދެކޮޅަށް އަޑުއުފުލައިގެންނެވެ.

މަޞްދަރު: ޕްރެސްޓީވީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.