ރާއްޖޭގެ ޚަބަރުދިއިސްލާމް

ކުއްލި ޚަބަރު: އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ މޮނިއުމަންޓްގެ ބައެއް ހަލާކުކޮށްލުމުން އަލުން ފުލުހުން އޭތި ބަހައްޓައި ޙިމާޔަތްދީފި!

ހިތަދޫގައި ބެހެއްޓި ބުދުތައް

 

ހިތަދޫގައި ބެހެއްޓި ބުދުތައް

21:15

ފުލުހުން ވަނީ ބުދުތައް ހިމެނޭ މޮނިއުމަންޓް އަލުން ހަދާފަ ކުރިން ހުރި ގޮތަށް ބަހައްޓާފަ. އަދި ފުލހުން ވަނީ ބުދުތަކަށް ހިމާހަޔަތްދީފަ.

20:00

އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ މޮނިއުމަންޓް ވައްޓާލައި އޭގެ އެންމެ މަތީގައި ހުރި ބައި ހަލާކުކޮށްލައިފި.

އެސަރަހައްދަށް ގާތްގަނޑަކަށް 100 ވަރަކަށް މީހުން އެއްވެފައިވޭ. ފުލުހުންގެ ބެލުމުގެ ދަށަށް އެކަކު ގެންގޮސްފި.

ހިތަދޫން “ދިއިސްލާމަށް” މަޢުލޫމާތު ދިން މީހަކު ބުނީ މިރޭ އިޝާ ނަމާދުން ފައިބައިގެން ރައްޔިތުންގެ ބަޔަކު “ﷲ އަކްބަރު” ކިޔައި ތަކުބީރު ގޮވަމުން ގޮސް، ބުދުތަކުގައި އަޅާފައިވާ ސަތަރި ނައްޓާލުމަށްފަހު އޭތި ވައްޓާލައި، އޭގެ މަތީގައި ހުރި މުޙައްމަދު އަލީ ޖިނާހުގެ ބުދާއި، ހަނދުފަޅި ހިމެނޭ ބައި ހަލާކުކޮށްލި ކަމަށް.

ހިތަދޫ ޕަވަރ ޕާކް ރެސްޓޯރަންޓް ކައިރީގައި ބުދުތައް ހިމެނޭ މޮނިއުމަންޓް އިއްޔެ ބެހެއްޓުމާއެކު ރޭ ރައްޔިތުން އެއްވުމުން އޭތި އެތަނުން ނެގި. ނަމަވެސް، ރޭ ފަތިހު ވަނީ އަނެއްކާވެސް ބަހައްޓާފައި.

“ރޭ ފަތިހުން ފެށިގެން ފުލުހުން ދަނީ އެތަނުގައި ފޯރިމަރަމުން” ހިތަދޫން ވާހަކަ ދެއްކ މީހާ ބުންޏެވެ.

އޭނާ ބުނީ މިރޭ 18:30 ން ފެށިގެން އެ ބުދުތައް ކައިރީގައި ފުލުހުންގެ ސެކިއުރިޓީ ވަރުގަދަކުރި ކަމަށް. ނަމަވެސް، ރައްޔިތުންގެ ބަޔަކު އިޝާ ނަމާދު ކޮށްގެން އެތަނަށް ދިޔައިރު ތިބީ 3 ފުލުހުން ކަމަށް. އަދި ރައްޔިތުން އެއްވުމުން އިތުރު ފުލުހުންގެ ސެކިއުރިޓީ އަށް ފުލުހުން އެދުމުން، އެތަނަށް އިތުރު ފުލުހުންނާއެކު ވެހިކަލް އައި ގަޑީގައި މޮނިއުމަންޓްގެ މަތީ ބައި ހަލާކުކޮށްލި ކަމަށް.

ހަލާކުކޮށްލި ބައި ނަގާފައި، ފުލހުން އޭތި އަލުން ހެދުމަށް މަސައްކަތްކުރާ ކަމަށް ވެސް އޭނާ ބުނި. އަދި އޭނާ ބުނީ ފުލުހުން ވަނީ އެ ބުދުތައް ހިމެނޭ ސަރަހައްދު ހިމާޔަތް ކޮށްފައި ކަމަށް

ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ ބިނާ ވައްޓާލާފައި - ފޮޓޯ : އައްޑޫ އޮންލައިން

ގުޅުންހުރި

12 ޚިޔާލު

 1. ވަރައް ރަނގަޅު ކަމެއް. ތާއީދު ހަމަ!

 2. ްްްައައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންނޭ…. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ވިސްނުމާ ފިކުރާ ކުޅެލައިގެން ތީޔަ ލޮބުވެތި މުސްލިމް އަހުންނާ އުހްތުން އަޅުގަނޑު މެންގެ ދީނުން ބޭރުކުރަން..އެގޮތުން ތިޔަބޭފުޅުންނައް އެއީ ނުބާކަމެކޭ ހީނުވާގޮތުން އެކިއެކި ނަންނަމުގަޔާ ކަންކަމުގަ ދަނީ މަސައްކަތް ކުރަމުން،،މިގޮތުން ހަނދާނީ ބިނާއޭ ކިޔާފަ ސީދާ ބުދުތައް ރާއްޖެ ގެނެސް ތިޔަސިޓީގަ ވަނީ ބަހައްޓާފަ.. ނޭނގި ތިބެ މަޑުމަޑުން ތިޔަ ދަނީ ސިޓީ ނަޖިސްކުރަމުން..މިކަމުން ސަލާމަތް ވުމައް{ސިޔާސީ ކަމަކައް ނުހަދާ ދީނީ ކަމެއް ކަމުގަ ދެކިގެން} އެކަން އެގޮތައް ކުރިޔަ ނުދިނުމަށާ ހުއްޓުވުމަށް މަސައްކަތް ކުރުމަށް ތިޔަސިޓީ ގެ އެންމެހާ އަޚުންނާ އުޚްތުންނަށް ގޮވާލަން.. الله اكبر الله اكبر الله اكبر

 3. އަދި ކަމަކު ނުދޭ. އަލުން މަރާމާތު ކޮށްގެންވެސް ނުބެހެޢްޓޭ ވަރަށް ބުދު ފުނޑާލި ނަމަ ރަނގަޅުވީސް. ބުދުގެ ހިމާޔަތުގައި ނުކުންނަ މީހުންވެސް ފުނޑާލާ. އަހަރުމެން ދުނިޔޭގައި ތިއްބައި ދިވެހި ފަސްގަނޑުގައި ބުދަކަށް ކުޑަ ނަމަވެސް ޖާގަ އެއް ނޯންނާނެ ކަން ހާމަ ކޮށްލާ.

 4. މިދިވެހިރާއްޖޭގަ ތިބި ފުލުހުންނަކީ ބުދެއް ޙިމާޔަތް ކުރުމަށް ހުވާ ކޮށްގެން ތިބި ބައެއްކަން ޘާބިތު ވެއްޖެ.. އެކަމަކު އެބައިމީހުން ހުވާ ކޮށްގެން ތިބީ އިސްލާމްދީނާއި އެއްގޮތަށް ކަންތައް ކުރުމަށް..ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ﷲ އެބައި މީހުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން

 5. ފުލުހުން ހުވާ ކުރީ އިސްލާމްދީން ހިމާޔަތް ކުރުމަށް، އެކަމަކު މިއަދު މިފެންނަނީ ހުވަޔާ ހިލާފުވެ ލާދީނީ އަމަލުތަކަށް ހިތްވަތު ދޭތަނެވެ، މީ ހިތާމަ ހުރި ކަމެކެވެ.

 6. ތިޔަ ބުދު ވައްޓާލި އަޚާއަށް ﷲ ހެޔޮ ޖަޒާ ދެއްވާ އަނިޔާވެރިންގެ ކިބައިން ރައްކާތެރިކޮށްދެއްވާށި! އޭނާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އިބްރާހިމް ޢަލައިހިއްސަލަމްގެ ސުންނަތް ދިރުވައިފި. ބުދު ހަދައި ބުދު ހިމާޔަތްކުރި ފުލުހުން ތި ދިރުވަނީ ނަމްރޫދާއި އަބޫޖަހްލުގެ ސުންނަތް.

 7. މި ބުދުތަކުގެ ހިމާޔަތުގައި އެވާފުލުހުންނަށް އެމީހުނއގެ ހުވާގެ މަތިން ހަދާން ނެތުނީތަ……….

 8. މާ އިސްލާމް ވެގެން ވާހަކަ ދައްކާ އިރު، ދީނީ ގޮތުން ރަނގަޅު ކުރަން މާ އަ އުލާ ކަން ބޮޑޫ ކަން ތައް މި ރާއްޖޭ ގައި އެބަ ހުރި….. މި ހާރު ބުދޭ ކިޔާ ފަ ތީ ހަމަ ސިޔާސީ ކުޅި ގަނޑު!!!!!!

 9. އެއީ އިސްލާމީ ގައުމެއް ކަމަށްވާ ޕާކިސްތާނުން ބެހެއްޓި އެއްޗެއް. މަތީގައިވާ ހަނދުފަޅިއާ ޖެހިގެން ހުރީ ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާހުގެ ފޮޓޯއެއް. ދެން ހުރީ ޕާކިސްތާނު ސަރަހައްދުގައި އޮތް އިންޑަސްވެލީ ސިވިލައިޒޭޝަނުގެ ކުރެހުންތައް ދައްކުވައިދޭ ފޮޓޯތަކެއް.

 10. މަޖީދު އެބުނަނީ ކެތްތެރި ވާށޭ ! އަދިވެސް ލާދީނީ މީހުނަށް އެމީހުން ބޭނުންހާ ކަމެށް ކުރަން އެ ފުރުސަތު ދީގެން މުސްލިމުން ހިނި އައިއްސަ ތިބެންވީތަ؟ މާތް ރަސްކަލާނގެ މުސްލިމުންގެ ދީން ހިމާޔަތް ކޮށްދެށްވާނދޭވެ!!!! އަދި އެބައި މީހުންނަށް ތެދުމަގު ދައްކަވާނދޭވެ!!! އާމީން.

 11. […] disconnect between SAARC summit organizers and the people is the ongoing demonstrations in Addu in protest at the monuments erected for the summit which depicts engraves images and statutes which are offensive to local […]

 12. ބުދޭ ބުދޭ ކިޔާމީހުން ދަންނާށެވެ! ދުނިޔޭގައި އެންމެ ފުރަތަމަ ބުދެއް ބެހެއްޓުނީ ކޮންމެހެން އަޅުކަންކުރާކަށް ނޫން! އެ ބުދުތަކަށް އަޅުކަންކުރީ އޭގެ މާފަހުން އައި ޖީލުތަކެއްގެ ބައެއް! ދުނިޔެ ދުށް އެންމެ ފުރަތަމަ ބުދު ތަޢާރަފްކުރީ ނޫޙް عليه السلام ގެ ޤައުމުގެ މީހުން! އެކަމަކު އެމީހުން އެންމެ ފުރަތަމަ ބުދު ހެދީކީ އެއަށް އަޅުކަންކުރާކަށް ނޫން! އެމީހުން އެބުދުތައް ހެދީ އެބުދުތައް ނިސްބަތްވާ ޞާލިޙު އަޅުވެރިބަޔަކަށް އިޙްތިރާމްކުރުމުގެގޮތުން! ނަމަވެސް އެ އިޙްރާމާއި ޤަދަރު އެންމެފަހުން ބަދަލުވެގެންދިޔައީ ދުނިޔޭގައި އެންމެ ފުރަތަމަ ކުރެވުނު ޝިރުކަށް. އެއީ އެބުދުތަކަށް ފަހުގެ ޖީލުތަކުގެ ބައެއް އަޅުކަންކުރުމުގެ ސަބަބުން! ދުވަސްކޮޅަކުން ބުދަށް ތާޢީދުކުރާ މީހުން މިދިވެހި ފަސްގަނޑުގައިވެސް އެއަށް އަޅުކަންކުރަން ފެށުން ގާތް!
  ދަންނަވަންތޯ!! ތިޔަ ވިދާޅުވާ ފިހާރަތަކުގައި ބަހައްޓާފައިވާ ބުދުތައް ނައްތަންވެސް އަދި إنشاء الله އަޅުގަނޑުމެން ތެދުވާނަން. ﷲ ތަޢާލާ އެކަލާނގެ ދީނަށް ނަޞްރު ދޭނޭ ބަޔަކު ކޮންމެ ޒަމާނެއްގަވެސް ކޮންމެ ބައެއްގެތެރޭގައިވެސް ލައްވަވާ.
  ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ: “يُرِيْدُوْنَ لِيُطْفِئُوْا نُوْرَ اللهِ بِأَفْوَاهِهِمْ وَاللهُ مُتِمُّ نُوْرِهِ وَلَوْ كَرِهَ الْكَافِرُوْنَ” (سورة الصف 8) “އެބައިމީހުން އެދެނީ އެބައިމީހުންގެ އަނގަތަކުން (ބައްތީގެ ހުޅުކޮޅަށް ފުމެ ނިއްވާލާފަދައިން) ﷲތަޢާލާގެ ނޫރު (ކަމުގައިވާ އިސްލާމްދީނުގެ އަލިކަން) ނައްތައިލާށެވެ. ނަމަވެސް ދެކޮޅުވެރިވާމީހުން ކިތައްމެ ނުރުހުނަސް ﷲތަޢާލާ އެކަލާނގެ ދީނުގެ ނޫރު ފުރިހަމަކުރައްވަވާނެއެވެ.” ﷲ ތަޢާލާގެ މިއާޔަތަށް ގޮންޖަހާ ބަޔަކު ދެން ނިކަން ގޮންޖަހާ.

Your email address will not be published. Required fields are marked *