އަރަބިދުނިޔެ

އިޒްރޭލާއި ތުރުކީގެ ގުޅުން މިހާތަނަށް ގޯސް ނުވާވަރަށް ގޯސްވެއްޖެ

ލިޔުނީ: އިސްމާއިލް އަފްރާ

އިޒްރޭލާއި ތުރުކީގެ ގުޅުން މިހާތަނަށް ގޯސް ނުވާވަރަށް ގޯސްވެއްޖެއެވެ.

ފަހުގެ ހަބަރުތައް ބުނާގޮތުގައި ދާދިފަހުން ފަލަސްތީނަށް އެހީ ހިފައިގެން ދިޔަ ބޯޓަށް އިޒްރޭލުން ހަމަލާ ދިނުމާއި ގުޅިގެން ތުރުކީއާއި އިޒްރޭލާއި ދެމެދު ޒަމާނުންސުރެ އޮތް ގުޅުން ގޯސްވެ، އިޒްރޭލުގެ ބޯޓުތައް ތުރުކީގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަކީ 'މަނާ'ކަމެއްކަމަށް އިއުލާން ކޮށްފިއެވެ. މިފަދަ މުހިންމު ނިންމެވުމެއް ތުރުކީގެ ބޮޑުވަޒީރު އިއުލާން ކުރުމާއި ގުޅިގެން އިޒްރޭލުގެ މިތުރުންވަނީ އެކި ގޮތްގޮތަށް ތުރުކީއަށް ފިއްތުންތައް ކުރިމަތިކުރަން ފަށާފައެވެ.

ކުރީގެ އިޒްރޭލުގެ މިތުރެއްގެ ގޮތުގައި އޮތް ތުރުކީގެ ބަސްބަމަގު ބަދަލު، ސިޔާސަތުތައް އިޒްރޭލާއި ދެކޮޅުވާން ފެށުމުން އިޒްރޭލުންވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ތުރުކީއަކީ އިޒްރޭލަށް ހުރި ނުރައްކަލެއްކަމަށް ބަލާފައެވެ. ތުރުކީގެ ވެރިކަމުގައި އިސްލާމީ ކުލަޖެހުމަށްފަހު އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް ފާޅުކަންބޮޑު ގޮތެއްގައި ތުރުކީއިން ދަނީ ފާޑުކިޔަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *