އެމެރިކާ އެމެރިކާ ވޯލްޑް ކަޕުން ކަޓައިގެ ދިއުމުގެ ޒިންމާ 'ޖަބުލާނީ' ބޯޅަ އުފުލަންޖެހޭނެބާ؟

އެމެރިކާ ވޯލްޑް ކަޕުން ކަޓައިގެ ދިއުމުގެ ޒިންމާ 'ޖަބުލާނީ' ބޯޅަ އުފުލަންޖެހޭނެބާ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އެމެރިކާ ވޯލްޑް ކަޕުން ކަޓައިގެ ދިއުމުގެ ޒިންމާ 'ޖަބުލާނީ' ބޯޅަ އުފުލަންޖެހޭނެތޯ ބައެއް ފަރާތްތަކުން ސުވާލުކުރަމުން އެބަދެއެވެ.

ވޯލްޑްކަޕް 2010 ގައި އެމެރިކާގެ ގޯލަށް ވަންނަ ގިނަ ގޯލް ތަކަކީ 'ޖަބުލާނީ' ބޯޅައިގެ ފީކަޅާކަމުން ވަންނަ ގޯލްތަކެއްކަމަށް އެމެރިކާގެ މީޑިއާތަކުންދަނީ ވަރަށް ބާރަށް ދައްކަމުންނެވެ. ދުނިޔޭގެ މީޑިއާގެ މުގޫ އަތުގައި އޮތަތީ މިފަދަ ވާހަކަތައް ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިހަބަރު ގުގުމާލި ކަމަކަށެވެ. ހަބަރުތައް ބުނާގޮތުގައި އެމެރިކާގައި 'ޖަބުލާނީ' ބޯޅައިގެ މައްސަލަ ވަނީ ވަރަށް ހޫނުވެފައެވެ. އެމެރިކާ މީހުން ބުނާގޮތުގައި 'ޖަބުލާނީ' ބޯޅާގައި މައްސަލަތަކެއް އެބަހުއްޓެވެ. ހަމައެގޮތަށް އެހެން ޓީމުތަކުންވެސް ވަނީ މިމައްސަލަ ފާހަގަކޮށްފައެވެ. އެހެނަސް އެމެރިކާއިން މިމައްސަލަ މާބޮޑުކޮށްގެން މިއުޅެނީ އެމެރިކާގެ ކޮޅަށް އިދިކޮޅު ޓީމުތަކުން ޖަހާފައިވާ ގޯލްތަކާއި އެމެރިކާ ވޯލްޑްކަޕުން ކަޓާފައިވާތީކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ދުނިޔޭގެ މީޑިއާތަކުން ބުނާގޮތުގައި އެމެރިކާއަކީ 'އެޑިޑާސް' އިން ބޯޅަ ހެދުމާއި ވަރަށް ދެކޮޅު ބައެކެވެ. އެމެރިކާއިން ބޭނުންވަނީ 'ނައިކް' ކޮމްޕެނީއިން ބޯޅަ ހަދާށެވެ. އެއީ 'ނައިކް' ކޮމްޕެނީއަކީ އެމެރިކާ މާގާތް ބަޔަކަށް ވުންކަމުގައި ގިނަ ބަޔަކު ބުނެއެވެ.

ބައިކޮޅަށް ގޯލް ވަނުމުގެ ޒިންމާ 'ޖަބުލާނީ' އުފުލަން ޖެހުމާއި ދަނޑުމަތީގައި މޮޅަށް ނުކުޅެވުމުގެ ޒިންމާ 'ސްޓޭޑިއަމް' އުފުލަން ޖެހުމާއި ކޯޗުގެ އިރުޝާދުތައް އަޑު ނީވި ގޯސްތައް ހެދޭގޮތްވުމުން 'ވުވުޒިއްލާ' އެކަމުގެ ޒިންމާ އުފުލަން ޖެހުމާއި ހިތުހުރި ގޮތަކަށް ޖަހާ ބޯޅަ ގޯލްދަނޑީގައި ޖެހުމުން 'ގޯލްދަނޑި' އެކަމުގެ ޒިންމާ އުފުލަން ޖެހޭނަމަ އެއީ މާބޮޑު މައްސަލައެކެވެ.

'ޖަބުލާނީ' ބޯޅާގެ މައްސަލައާއި ގުޅިގެން ފޭސްބުކް ފަދަ ޝޯޝަލް ވެބްސައިޓުތަކުގައި އެމެރިކާނުން 'ޖަބުލާނީ' ބޯޅަ ކުށްވެރިކުރަމުން ދާއިރު ބްލޮގްތަކުގައިވެސް ގިނަ ބަޔަކު ދަނީ 'ބޯޅަ ގޮވައިގެން ކޯޓަށް' ދިއުމަށް ގޮވާލާފައެވެ. ފީފާއިންވެސް ވަނީ 'ޖަބުލާނީ' ބޯޅައިގެ މައްސަލަ ބަލާނެކަމަށް ހާމަކޮށްފައެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.