ރާއްޖޭގެ ޚަބަރު 'ދަތުރު' މަދަހަ އަލްބަމް ނުކުމެއްޖެ

'ދަތުރު' މަދަހަ އަލްބަމް ނުކުމެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

'ދަތުރު' މަދަހަ އަލްބަމް ނުކުމެއްޖެއެވެ.

ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން 'ދަތުރު' މަދަހަ އަލްބަމްގެ ޕްރޮޑިއުސާރ އަހުމަދު ޝަރީފް ހާމަކުރެއްވިގޮތުގައި 'މަދަހަ އަލްބަމް މިއަދުން ފެށިގެން أن شاء الله ޢަލީސް އާއި އަބާޔާ ފިހާރައިން ލިބެން ހުންނާނެކަމަށާއި އަދި މި ހަފްތާތެރޭ ހުޅުވާ ފިހާރައެއް ކަމަށްވާ "އައްވަލް" އިންވެސް އެ ފިހާރަ ހުޅުވުމާއެކީ أن شاء الله ލިބެންހުންނާނެ' ކަމަށެވެ. މިފިހާރަ ހުންނާނީ ގަލޮޅު އޮޓޯ ގަރާޖް ކުރިމަތީއެވެ. އަދި 'މަދަހަ އަލްބަމްގައި ތަފާތު މަދަހަތަކެއް ހިމަނާފައިވާނެ' އެފަރާތުން ހާމަކުރައްވައެވެ.

ޖުމްލަ 6 މަދަހައިގެ މައްޗަށް އެކުލެވިގެންވާ 'ދަތުރު' މަދަހަ އަލްބަމްގައި އަހުމަދު ޝަރީފް އާއި އަހުމަދު އިޤްބާލް ގެ އިތުރުން ކުރީގެ މަޝްހޫރު ދެ ލަވަ ކިޔުންތެރިން އަދި މިހާރު ލަވަކިޔުމާއި ދުރަށް ގޮސްފައިވާ އަބްދުލް ބާރީ އާއި މޫސާ ޝިފާއު (ޓްރިއޯ ސިފާއު) ގެ މަދަހަވެސް ހިމެނޭކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ.

ދިއިސްލާމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން 'ދަތުރު' މަދަހަ އަލްބަމްގެ ޕްރޮޑިއުސާރ ހާމަކުރެއްވި ގޮތުގައި 'އިންޝާﷲ ކޮންމެ އަހަރަކުވެސް މަދަހަ އަލްބަމެއް ނެރޭނެ' ކަމަށެވެ.

'ދަތުރު' މަދަހަ އަލްބަމްގެ އިތުރު މައުލޫމާތު

ޓެގް

މަދަހަ އަލްބަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.