ދިއިސްލާމް ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 300 އަށް އަރައިފި

ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 300 އަށް އަރައިފި

ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 300 އަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 300 އަށް އަރައިފިކަމަށް ތުރުކީގެ މީޑީއާތަކުން ޚަބަރު ދީފިއެވެ.

 

ތުރުކީގެ ކަމާބެހޭ ވުޒާރާތަކާއި ހަވާލާދީ މީޑީއާތަކުން ހާމަކުރާގޮތުގައި ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 300 އަށް އަރައިފިކަމަށާއި ގާތްގަޑަކަށް 1300 މީހުން ޒަހަމްވެފައިވާކަމަށެވެ. އަދި އެފަރާތްތަކުން ހާމަކުރައްވާގޮތުގައި މަރުވި މީހުންގެ އަދަދު ދެން އިތުރުވާނެކަމަށް ލަފާނުކުރެވޭ ކަމަށާއި ގިނަ މީހުން ދިރިތިއްބާ އިމާރާތްތަކުގެ ދަށުން ނެރެވިފައިވާކަމަށެވެ. ސަރުކާރުން އިތުރަށް ހާމަކުރެއްވި ގޮތުގައި 2 ސިޓީއަކުން 970 އިމާރާތް ވެއްޓިފައިވާކަމަށެވެ.

 

ބިންހެލުން އައީ ރިކްޓަރ މިންގަނޑުން 7.2 މިންގަނޑުގައި ތުރުކީވިލާތުގެ ގަޑިން 13:41 (ޖީއެމްޓީ އިން 10:41) ގައެވެ. ތުރުކީވިލާތުގެ ސިމޯ އަށް މިއަހަރު މެއި މަހު އައި ބިންހެލުމެއްގައި ދެ މީހުން މަރުވެ، 79 މީހުން ޒަޚަމްވެފައި ވެއެވެ. އަދި 1999 ގައި އެޤައުމަށް އައި ބާރުގަދަ ދެ ބިންހެލުމުގައި 18,000 މީހުން މަރުވެފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.