އިޒްރޭލަށް ބަދުބަސް ބުނެގެން ކެލިފޯނިއާ ޔުނިވަސިޓީގެ މުސްލިމު ގުރޫޕެއް ސަސްޕެންޑް ކޮށްފިއެވެ.
ހަބަރުތައް ބުނާގޮތުގައި ކެލިފޯނިޔާ ޔުނިވާރސިޓީގެ މުސްލިމު ގްރޫޕް ސަސްޕެންޑް ކޮށްފައިވަނީ އިޒްރޭލުން އެމެރިކާއަށް ކަނޑައަޅާފައިވާ އެމްބެސެޑަރ ވާހަކަ ދައްކަމުން ދަނިކޮން ކޮޅަށް ތެދުވެ އޭނާގެ ވާހަކަތަކަށް 'ރައްދު' ދިނުމުންނެވެ. އިޒްރޭލުގެ އެމްބެސެޑަރ ވާހަކަ ދައްކަމުން ދިޔައީ އިޒްރޭލް-އެމެރިކާގެ ގުޅުމާއި ބެހޭގޮތުން ކަމަށާއި ވާހަކަ ދައްކަމުން ދަނިކޮން މުސްލިމު ކުއްޖަކު ތެދުވެ 'އިޒްރޭލުގެ އަމަލުތަކަށް ބަދުބަސް' ރައްދުކުރުމުން ޕޮލިހުން އެކަން ހުއްޓުވާ އެކުއްޖާ ބޭރަށް ލިއެވެ. އިރުކޮޅެއް ނުވެ އެހެން ކުއްޖަކު ތެދުވެ ހަމަ އެމޭރުމުން ވާހަކަ ދައްކާ އިޒްރޭލުގެ އެމްބެސެޑަރުގެ ވާހަކައަށް ހުރަސް އެޅިއެވެ. އޭނާވެސް ޕޮލިހުން ހައްޔަރުކުރިކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ހަބަރުތައް ބުނާގޮތުގައި ކެލިފޯނިއާގެ މުސްލިމު ގުރޫޕްތަކުގެ ތެރެއިން މިކަންތަކުގައި 11 ކުދިން ހައްޔަރުކޮށް އާންމު އެއްވުމަކަށް އުނދަގޫ ކުރީތީ އަދަބު ދީފައިވެއެވެ. އެކުދިން ބުނާގޮތުގައި އެކުދިންގެ މަޤްސަދަކީ އިޒްރޭލުގެ އެމްބެސެޑާރ އަށް 'މެސެޖެއް ދިނުން' ކަމަށެވެ. މިމައްސަލާގައި އެކުދިންތައް 1 އަހަރު ދުވަހަށް ސަސްޕެންޑްކޮށްފައިވާކަމަށް އެކުދިންވަނީ މީޑިއާއަށް ހާމަކޮށްފައެވެ.
ފަހަކަށް އައިސް އެމެރިކާގައި އިޒްރޭލުގެ އަނިޔާވެރިކަމާއި ދެކޮޅަށް މިފަދަ ކަންކަން ކުރުން ވަނީ އާންމުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...