ރާއްޖޭގެ ޚަބަރު ޑރ. ޒާކިރު ނައިކް ރާއްޖެއިން ފުރާވަޑައިގެންފި

ޑރ. ޒާކިރު ނައިކް ރާއްޖެއިން ފުރާވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މެއި މަހު 25 ވަނަދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދަޢުވަތަކަށް ރާއްޖެވަޑައިގެންނެވި، އިސްލާމިކް ރިސަރޗް ފައުންޑޭޝަންގެ ރައިސް ޑރ. ޒާކިރު ނައިކް ރާއްޖެއިން ފުރާވަޑައިގަންނަވައިފިއެވެ.

ޑރ. ޒާކިރު ނައިކް ފުރާވަޑައިގެންނެވީ ކުރިން ހަމަޖެހިފައިވާ ތާރީޚަށްވުރެ އެއްދުވަސް ފަހުންނެވެ. ޑރ ޒާކިރު ނައިކް ފުރުން ލަސްވާން ދިމާވީ، އަނބިކަނބަލުން ފަރުޙަތު ނައިކްގެ ފަޔަށް ލިބުނު ގެއްލުމެއްގެ ސަބަބުން، އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށް މަޑުކުރުމުންނެވެ.

ޑރ. ޒާކިރު ނައިކަށް މާލޭ އިންޓަރ ނޭޝަނަލް އެއަރ ޕޯޓުން އަލްވަދާއު ވިދާޅުވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީއާއި، އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި، ދިވެހި ރާއްޖޭގެ ފިޤުހު އެކަޑަމީގެ މެންބަރުންގެ އިތުރުން ބައެއް ޢާއްމުން ވެސް ބައިވެރި ވަޑައިގެންނެވިއެވެ. ޒާކިރު ނައިކް ފުރާވަޑައިގެންނެވީ ޔޫ.އެލް ފުލައިޓުން ލަންކާ މަގުން އިންޑިޔާށެވެ.

ޑރ. ޒާކިރު ނައިކްގެ އާއިލާ ރާއްޖެއިން ފުރާވަޑައިގަތީ، މާލޭގައި ވަރަށް ކާމިޔާބު ދަރުސްތަކެއް ދިނުމަށް ފަހުގައެވެ. އެގޮތުން ޒާކިރު ނައިކް އަނބިކަނބަލުން ފަރުޙަތު ނައިކް އިސްލާމީ މަރުކަޒުގައި ދެއްވި ދަރުސްގައި މުޅި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގެ އިތުރުން ދެވަނަ ބުރިއާއި ތިންވަނަ ބުރިވެސް ފުރުނުކަން ފާހަނގަކޮށްލެވެއެވެ. އަދި ޒާކިރު ނައިކް 27 ، 28 ގައި ސްޓޭޑިޔަމް ސަރަހައްދުގައި ބޭއްވި ދަރުސައް ދެރޭގެ މަތިން 000 38 މީހުން ވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ. އަދި މިމަހު 17 ވަނަ ދުވަހު ޒާކިރު ނައިކް ވަޑައިގަންނަވާނީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށެވެ.

ޓެގް

ދީން ސަރުކާރު ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.