ދިއިސްލާމް އެމެރިކާގައި ކުރަމުންދާ ބޮޑު މުޒާހަރާ ތަށް އިތުރަށް ވަރުގަދަވެ ހޫނުވެއްޖެ.

އެމެރިކާގައި ކުރަމުންދާ ބޮޑު މުޒާހަރާ ތަށް އިތުރަށް ވަރުގަދަވެ ހޫނުވެއްޖެ.

އެމެރިކާގައި ކުރަމުންދާ ބޮޑު މުޒާހަރާ ތަށް އިތުރަށް ވަރުގަދަވެ ހޫނުވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުޒާހަރާގެ ތެރެއިން

  އެމެރިކާގައި މުޒާހަރާ ކުރާތާ 2 ހަފްތާ ފާއިތު ވެގެން ގޮސްފައި ވާއިރުވެސް މުޒާހަރާގެ ބައިވެރިން ނަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް މީޑިޔާތަކުން ހާމަ ކޮށްފިއެވެ.

"އޮކިއުޕައި ވޯލް ސްޓުރީޓްގެ" ނަމުގައި ކުރިޔަށް މިދާ މުޒާހަރާ ތަކަކީ ކޮރަޕްޝަނާއި، ވަޒީފާ ދަތިވުމާއި، ވިޔަފާރިގެ ބަޔެއް ވަކިބަޔަކަށް ދީފައިވާތީ ކުރާ ސުލްހަވެރި މުޒާހަރާތަކެވެ. މުޒާހަރާގެ ބައިވެރިން މިހާރުވަނީ އިތުރުވެ ވަރުގަދަވެފައެވެ. އަދި މިއަދުވަނީ ވަރުގަދަ ރެލީ އެއްބާވާފައެވެ. މިމުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުން ވަނީ 700 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައެވެ. ރެޔާއި ދުވާލު ކުރިޔައްދާ މިމުޒާހަރާގެ ބައިވެރިން ވަނީ ފެނާ ކާބޯތަކެތި ގެންގޮސްފައެވެ. އަދި ސްލީޕިންގް ބޭގްތަކުގައި އެއްބަޔަކު ނިދަމުންދާއިރު އަނެއްބަޔަކު ހަމަ ހަމަ އުސޫލް ގެނައުމަށް ގޮވަމުންދިޔައެވެ.

މިހިގާ މުޒާހަރާތަކުގައި އެދިފައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތަށް ފުރުހަމަ ކޮށްދެވި ދާނެކަމަށް އ. ދ ގެ ސަމިޓްގައި  އެމެރިކާގެ ސަރުކާރުން ބެނެފައިވެއެވެ. މުޒާހަރާގެ ބައިވެރިޔެއްކަމުގައި ވާ ކެމީލާ ރިވޭލާ  ބުނިގޮތުގައި "މިހާރު ފުދިއްޖެ ކަމަށާއި އަދި އެމީހުން ބޭނުވާ ގޮތަށް ހުރިހާ ކަމެއް ސަރްކާރުން ކޮށް ނުދެނީސް ހުއްޓާ ނުލާނެކަމަށް ވެސް ބުނެއެވެ.  މުޒާހާރާގައި ގިނައިން ހިމެނެނީ ވަޒީފާ ނެތިފައި ވާ މީހުންނެވެ.

އެމެރިކާގެ ސަރުކާރުން ވަނީ މިކުރާ މުޒާހަރާތަށް ވަރަށް ބޮޑަށް ކުއްވެރިކޮށް ހުއްޓާލުމަށް ގޮވާލާފައެވެ. އެމެރިކާގެ ހުރިހާ ސިޓީއެއްގައި މިހާރު ވެސް މުޒާހަރާ ކުރަމުން އެބަދެއެވެ. ސެޕްޓެމްބަރ 17 ވަނަދުވަހު ފެށި  މިމުޒާހަރާ އެއްދުވަހުން އަނެއްދުވަހަށް މީހުން ދަނީ އިތުރުވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.