އެމެރިކާއަށް ތޫފާނެއް އަރާ 145 މީހުން މަރުވެއްޖެއެވެ.
ސެންޓްރަލް އެމެރިކާއަށް މިހާރު ކުރަމަތިވެފައިވާ ގަދަ ތޫފާނުގައި ފެންބޮޑުވުމުގެ ސަބަބުން 145 މީހުން މިހާތަނަށް މަރުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާއިރު އެތައް ހާސް މީހުންނެއް ގެދޮރު ގެއްލި ބިކަވެފައިވާކަމަށްވެސް އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކުރެއެވެ. ގަދަ ވިއްސާރައިގައި ޖެހި އެތައް ބަޔަކު މިހާތަނަށް ގެއްލިފައިވާއިރު އެމެރިކާނުންނަށް ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް މަގުތައް 'ދޮވެލާފައި'ވުމުގެ ސަބަބުން އެމީހުންގެ މަސައްކަތައް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާކަމަށް ހަބަރުލިބެއެވެ.
މިސަހަރަށް ކުރިމަތިވެގެން މިއުޅޭ ތޫފާނުގައި ފެންބޮޑުވުމުގެ ސަބަބުން އިމާރާތެއް ބިމާ ހަމަވެފައިވާކަމަށާއި ފެންބޮޑުވުމުގެ ސަބަބުން މަގުތައް ބަންދުވެ، ގިނަ ބަޔަކު ފެނައް ޖެހި، ކާބޯތަކެތި ހުސްވެ ބިކަވެފައިވާކަމަށް މީޑިއާތަކުން ހަބަރުދެއެވެ. ފެންބޮޑުވެ ޗަކަތައް ފަރުބަދަމަތިން ފޭބުމުގެ ސަބަބުން ބައެއް މީހުން ދިރިހުއްޓާ ވަޅުލެވެމުންދާކަމަށާއި ގިނަ އަދަދެއްގެ ގެތައް ހަލާކުވެފައިވާކަމަށްވެސް ހަބަރުލިބެއެވެ.
ތޫފާން ކުރިމަތިވެގެން އުޅޭ ސަރަހައްދުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިޔަ ނަމަވެސް އެސަހަރަށް ބޮޑުވެގެންވާ މުސީބާތެއް ކުރިމަތިވެފައިވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރު ވެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
1998 ވަނަ އަހަރު މިސަރަހައްދަށް އައި ތޫފާނެއްގައި 11 ހާހަށްވުރެ ގިނަ މީހުން މަރުވެ، 8 ހާސް މީހުން ގެއްލިފައިވެއެވެ.
----------------------

ކޮމެންޓް (0)
ލޯޑް ކުރަމުން...