ދިއިސްލާމް އިޒްރޭލާއެކު އަލުން ގުޅުންބަދަހި ކުރުމެއް ދުވަހަކުވެސް ނެތް : ތުރުކީގެ ބޮޑުވަޒީރު

އިޒްރޭލާއެކު އަލުން ގުޅުންބަދަހި ކުރުމެއް ދުވަހަކުވެސް ނެތް : ތުރުކީގެ ބޮޑުވަޒީރު

އިޒްރޭލާއެކު އަލުން ގުޅުންބަދަހި ކުރުމެއް ދުވަހަކުވެސް ނެތް : ތުރުކީގެ ބޮޑުވަޒީރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ތުރުކީގެ ބޮޑުވަޒީރު ޠައްޔިބް އުރުދުއާން

އިޒްރޭލާއެކު ކުރިން ބާއްވަމުން އައި ގުޅުންތައް އަލުން ދުވަހަކުވެސް އަނބުރާ އިއާދަ ނުކުރާނެ ކަމުގެ އިންޒާރު ތުރުކީގެ ބޮޑުވަޒީރު ޠައްޔިބް އުރުދުއާން އިއްޔެ ދެއްވައިފި އެވެ.

އިޒްރޭލާއި ތުރުކީ އާ ދެމެދު ކުރިއަށް ދާ ދެކޮޅުވެރިކަމުގެ އުތުރިއެރުން ބޮޑުވެފައި ވަނީ ފަލަސްތީނުގެ ޣައްޒާ އަށް އެހީ ހިފައިގެން ދިޔަ ބޯޓްތަކަށް އިޒްރޭލުން މިދިޔަ އަހަރު ހަމަލާދީ ތުރުކީގެ 9 ރައްޔިތުން މަރާލާ އިތުރު މީހުން ޒަޚަމް ކޮށްލުމާއި ގުޅިގެން އިޒްރޭލުން ތުރުކީގެ ކިބައިން މަޢާފަށް އެދެން ދެކޮޅު ހެދުމުންނެވެ.

ސީއެންއެން އިން އިއްޔެ ފޮނުވި ޕްރޮގްރާމަކަށް އުރުދުއާން ދެއްވި ބަސްދީގަތުމެއްގައި ވަނީ އަނެއްކާވެސް ތަކުރާރުކޮށް އެ މައްސަލާގައި ތުރުކީގެ ކިބައިން މަޢާފަށް އެދުމަށާއި، މަރުވި މީހުންގެ ޢާއިލާތަކަށް ބަދަލުދިނުމަށް އިޒްރޭލަށް ގޮވާލާފައެވެ.

"މިގޮތަށް ޢަމަލުނުކުރާނަމަ ތުރުކީ އާއި އިޒްރޭލާ ދެމެދު އޮތް ގުޅުންތައް ދުވަހަކުވެސް އަނބުރާ އިއާދައެއް ނުވާނެ" އުރުދުއާން ވިދާޅުވިއެވެ.

މީގެ އިތުރުން މެދުއިރުމަތީގައި މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން އިޒުރޭލުން އެއްބާރުލުން ނުދޭނަމަ މެދުއިރުމަތީގައި އެބައިމީހުން އެކަނިވެރިވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އުރުދުއާން ވަނީ ދެއްވާފަ އެވެ.

އުރުދުއާން ވިދާޅުވީ ދެގައުމުގެ ގުޅުން ހަލާކުވެގެން ދިޔައީ އިޒުރޭލުން އަމިއްލައަށް އުފެއްދި މައްސަލައެއްގެ ސަބަބުން ކަމަށެވެ. ފަލަސްތީނަށް އެހީ ހިފައިގެންދިޔަ އެކްޓިވިސްޓުންގެ ބޯޓަށް އިޒުރޭލުން ދިން ޓެރަރިސްޓް ހަމަލާ އާ ބެހޭ ގޮތުން އުރުދުއާން ވިދާޅުވީ 33 ގައުމެއްގެ އެކްޓިވިސްޓުން ބައިވެރިވި އެދަތުރުގައި، ވައިގެ މަގުންނާއި ކަނޑުގެ މަގުން އިޒުރޭލު ސިފައިން އެމީހުންނަށް ހަމަލާ ދިން ކަމަށެވެ.

އަދި އުރުދުއާން ވިދާޅުވީ ތުރުކީން ޣައްޒާ އަށް އެހީގެ ބޯޓްތަށް ފުރާނެ ކަމަށާއި އެކްޓިވިސްޓުން ހިމާޔަތް ކުރުމަށް ތުރުކީގެ މަނަވަރުތައްވެސް ނުކުންނާނެ ކަމަށެވެ.

އިޒްރޭލާއި ކުރިމަތިލާން ޖެހިއްޖެ ޙާލަތެއްގައި ތުރުކީ އިން އޮތީ އެކަމަށް ތައްޔާރަށް ކަމަށް ވެސް އުރުދުއާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފަ އެވެ.

އިޒްރޭލުގެ އަނިޔާވެރި ޢަމަލުތަކާއި މުސްލިމުންނާމެދު ގެންގުޅޭ ނޭއްގާނީ ސިޔާސަތަށް އިންކާރުކޮށް ތުރުކީން ވަނީ މިމަހު 2 ވަނަ ދުވަހު އެގައުމުގެ އިސްތަންބޯލް ގައި ހުންނަ އިޒްރޭލްގެ އެމްސެޑަރު އެރަށުން ފޮނުވާލާފަ އެވެ. އަދި ތުރުކީވިލާތާއި އިޒްރޭލާ ދެމެދު އޮންނަ އަސްކަރީ ގުޅުންތައް ވަނީ ކަނޑާލާފއެވެ. އޭގެ އިތުރުން ދެ ގައުމު ދެމެދުގައި ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތް އޮންނާނީ ދެވަނަ ދަރަޖައިގެ ސެކްރެޓަރީން ފެންވަރުގައި ކަމަށް ވަނީ ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.