ދުނިޔޭގެ ގައުމުތަކުގެ ވެރިން އޮބާމާ މިސާލެއްގެ ގޮތުގައި ނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ބުނެފި އެވެ.
އޭނާ މިހެން ބުނެފައި ވަނީ ބުދަ ދުވަހު އެމެރިކާގެ ރަޢީސް އދ. ގައި ވާހަކަ ދެއްކެމަށްފަހު އޮބާމާ އާއި ނަތަންޔާހޫ އާއި ދެމީހުން ކުރި ބައްދަލުވުމުގެ ތެރޭގައެވެ.
މިބައްދަލު ކުރުމުގައި އދ. ގެ އާއްމު މަޖިލީހުގައި އެމެރިކާގެ ރަޢީސް ދެއްކި ވާހަކަ އަށް އިޒްރޭލުގެ ބޮޑުވަޒީރު ތަޢުރީފު ކުރިއެވެ. އޭނާ ބުނީ ރަޢީސް އޮބާމާ އަށް ޝުކުރު އަދާ ކުރާ ކަމަށާއި އަދި "ޝަރަފުގެ ބެޖެއް" އޮބާމާއަށް މިހާރު ހައްޤު ވެއްޖެކަމަށެވެ.
މި ބައްދަލުވުމުގައި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ފަލަސްތީނުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އޮބާމާ ގާތު ބުނެފައެވެ. އަދި މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރަން ޖެހޭކަމަށް އޭނާ ބުނެފައި ވެއެވެ.
" އަހަރެންނަށް ހީވަނީ ފަލަސްތީނުން ބޭނުންވަނީ މިނިވަން ދައުލަތެއްގެ ދަރަޖަ އެކަނިހެން..ބަދަލުގައި އިޒްރޭލަށް ދާއިމީ ސުލްހައެއް ދޭން ނުވިސްނާހެން" އިޒްރާއީލުގެ ބޮޑު ވަޒީރު ބުންޏެވެ.
އެމެރިކާގެ ރަޢީސް އދ. ގައި ބުނެފައި ވަނީ އެމެރިކާއިން އިޒްރާއީލަށް ފުރިހަމަ އަށް ތާއީދު ކުރާކަމަށާއި، ފަލަސްތީނުން މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދުމަށް އދ. އަށ ހުށަހެޅުމާއި ދެކޮޅު ހަދާ ކަމަށެވެ.
އިޒްރާއީލުގެ ބޮޑު ވަޒީރު މިހެން ބުނެފައިވާއިރު ދުނިޔޭގެ ގިނަ ބޮޑެތި ޤައުމުތަކުންނާއި ކުދި ޤައުމުތަކުން ވެސް ދަނީ ފަލަސްތީނަށް ތާއީދު ކުރާކަމަށް ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...