ދިއިސްލާމްދީންސުވާލާއި ޖަވާބު

ސުވަރުގޭގައި ކީރިތި ރަސޫލާ އާއި ބައްދަލު ވާނެ ހެއްޔެވެ؟

ސުވަރުގޭގައި ކީރިތި ރަސޫލާ އާއި ބައްދަލު ވާނެ ހެއްޔެވެ؟

الحمد لله، والصلاة والسلام على رسول الله

أما بعد:

ޝައްކެއްނެތްގޮތުގައި އީމާންވެ ޞާލިޙު އަމަލު ކުރި މީހުން ﷲގެ ރަހުމަތުން ސުވަރުގެއަށް ވަންނާނެއެވެ. އަދި އެތަނުގައި އެމީހެއްގެ އީމާންކަމާއި އިސްލާމްކަމާއި އެކަށީގެންވާގޮތުން މާތް ދަރަޖަ ދެއްވާނެއެވެ. ރަސޫލުންނާއި ނަބިއްޔުންނާއި މާތް ޞިއްދީގުންނާއި އަދިވެސް ތަޤުވާވެރިކަމުގައި ކުރިއަރައިގޮސްފައިވާ މީހުންގެ ދަރަޖަ ވަރަށް މަތިވާނެއެވެ. ނަމަވެސް ﷲގެ ރަހުމަތުގެ ބޮޑުކަމާއި ތަނަވަސްކަމުން ހުރިހާ މޫމިނުންނަށްވެސް އެމީހުންގެ އަނބިދަރީންނާއި އާއިލީ މެމްބަރުންނާއި ރަހުމަތްތެރިންނާއި ލޯބިވާ މީހުންނަކީ ސުވަރުގެ ވަންތަވެރިންކަމުގައި ވެއްޖެ ނަމަ އެމީހުންނާއި ބައްދަލުވެ، އެކުގައި މަޖްލީސްކޮށް، ކައިބޮއެ މަޖާކުރާނެއެވެ. ހަމައެފަދައިން ކައުއިތުރު ރަސޫލާ އާއި އަދި އެއްމެހައި ރަސޫލުންނާއި އެބޭކަލުންގެ އަސްހާބުންނާއި މާތް ޞާލިޙުންނާއި ބައްދަލުވާނެއެވެ. رسول الله صلى الله عليه وسلمގެ ދަރަޖަ ސުވަރުގޭގައި މަތިވެރިވެގެން ވާނެ ބޮޑުކަމުން ސުވަރުގޭގައި އެކަލޭގެފާނާއި ވަކިވެދާނެކަމުގައި ހީވެ ކަންބޮޑުވެވަޑައިގެން އެކަލޭގެފާނުންގެ އަސްހާބުންނަށްވެސް މިސުވާލު އުފެދިގެން އެވާހަކަ ދެންނެވިއެވެ. އެހިދުގައި ﷲގެ ވަޙީބަސްފުޅު ބާވައިލެއްވުނެވެ.  { وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولَئِكَ رَفِيقًا } النساء: ٦٩. މާނައަކީ: “ﷲ އާއި ރަސޫލާއަށް ކިޔަމަންވެއްޖެ މީހުން (ސުވަރުގޭގައި) ވާހުށީ އެބައެއްގެ މައްޗަށް މާތް ﷲ ނިޢުމަތް ދެއްވި ނަބީބޭކަލުންނާއި ޞިއްދީޤުންނާއި ޝަހީދުންނާއި ޞާލިހުންނާއިއެކުގައެވެ. އަދި އެއީ ހެޔޮވެގެންވާ ރަހުމަތްތެރިންނެވެ.”

މާތް ﷲ އަޅަމެން އެމަތިވެރި މާތް ބޭކަލުންނާއި އެކުގައި ސުވަރުގޭގައި ލައްވާށި! އާމީން..

والله أعلم وصلى الله على محمد وآله وسلم

ގުޅުންހުރި

5 ޚިޔާލު

  1. މާތް ﷲ އަޅަމެން އެމަތިވެރި މާތް ބޭކަލުންނާއި އެކުގައި ސުވަރުގޭގައި ލައްވާށި! އާމީން.

  2. ޔާﷲ އަޅަމެން ނަރަކައިން ދިންނަވާ ސުވަރުގޭގައި އެމަތިވެރި މާތް ބޭކަލުންނާއެކު ލަށްވާޝި.

  3. މީ ނިސާ ސޫރަތުގެ 79 އާޔަތްތޯ

  4. މާތް ﷲ އަޅަމެން އެމަތިވެރި މާތް ބޭކަލުންނާއި އެކުގައި ސުވަރުގޭގައި ލައްވާށި! އާމީން.

  5. އެމަތިވެރި ބޭކަލުންނާ އެކު އަޅަމެންލައްވާށި! އާމީން

Your email address will not be published. Required fields are marked *