އަރަބިދުނިޔެދިއިސްލާމް

މިޞްރުގައި އިސްލާމީ ސިޔާސަތުތައް ޤާއިމްކުރުން- ދެން އޮތް ފިޔަވަހި

މުޙައްމަދު ޣަނެމް 

އިނގިރޭސިވިލާތައް މުސްލިމް ބްރަދަރހުޑް ގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޣަނެމް ވިދާޅުވި ގޮތުގައި މިޞްރަށް ގެނެވިފައިވައި އިންޤިލާބީ ހަރަކާތުގެ ތެރެއިން މިޞްރު "ހަރުދަނާ އިސްލާމީ ސިޔާސަތު ތެކެއް ދިމިޤުރާތީ ނިޒާމަށް ވާސިލް ވުމައްޓަކައި ނަގާނެއެވެ".

މި މޭރުމުން އެނާ ވާހަކަފުޅު ދައްކަވާފައި މި ވަނީ ތުރުކީގެ ބޮޑުވަޒީރު ތައްޔިބް ރަޖަބް އުރުދުގާން، މިސްރު "ސެކިއުލަރ" ދައުލަތަކަށް ވުމަށް ގޮވާލެއްވި ގޮވާލެއްވުން ކުއްވެރި ކުރައްވަމުންނެވެ. ފަހަކަށް އައިސް ފަލަސްތީން މައްސަލައިގައި އިޒްރާއިލް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އުރުދުގާން ބުދަ ދުވަހު ވިދާޅުވެފައިވަނީ "ސެކިއުލާރ" ނިޒާމެއްގެ މާނައަކީ ދީން ޤަބޫލު ނުކުރުން ނޫން ކަމަށާއި އޭނާއަކީވެސް ސެކިއުލަރ ދައުލަތެއްގެ ބޮޑުވަޒީރެށް ކަމަށެވެ. ރައްދު ދައްވަމުން ޣަނެމް ވިދާޅުވެފައިވަނީ ތުރުކީ އާއި މިޞްރުގެ ސިޔާސީ ޙާލަތު ދިރާސާކުރުމަށް އެކަމުގެ ތަޖުރިބާކާރެއް ބޭނުން ނުވާކަމަށާއި ތުރުކީއާއި މިޞްރުގެ ޙާލަތު މުޅިން ތަފާތު ކަމަށެވެ. އަދި ތުރިކީގެ އެކަންތައް ތައް ނަކަލު ކުރުމަކީ ވާނެ ކަމެށް ނޫން ކަމަށެވެ.

މުސްލިމް ބްރަދަރހުޑް ގެ ތަރުޖަމާން، މަޙްމޫދު ޣުޒްލާން ވެސް ވަނީ އުރުދުގާން ގެ އެ ވާހަކަފުޅު މިޞްރުގެ ދާޚިލީ ސިޔާސަތުގެ ތެރެއަށް ވަނުން ކަމުގައި ސިފަކުރައްވާފައެވެ. އުރުދުގާން މި ވާހަކަ ފުޅުތައް މި މޭރުމުން ދައްކަވާފައި މި ވަނީ ލީބިޔާ، ޓިއުނިޝިއާ އަދި މިޞްރައް ކުރައްވާ ދަތުރުފުޅެއްގައި މިޞްރައް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *