ދިއިސްލާމް މައްކާ ތަރައްޤީ ކުރުމުގެ 600 ބިލިޔަން ރިޔާލުގެ ބޮޑު މަޝްރޫއާ ބެހޭގޮތުން އަމީރު ޚާލިދު ވާހަކަފުޅު ދައްކަވައިފި

މައްކާ ތަރައްޤީ ކުރުމުގެ 600 ބިލިޔަން ރިޔާލުގެ ބޮޑު މަޝްރޫއާ ބެހޭގޮތުން އަމީރު ޚާލިދު ވާހަކަފުޅު ދައްކަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައްކާ ތަރައްޤީ މަޝްރޫޢު ދައްކުވައިދޭ ކުރެހުމެއް

ދުނިޔޭގެ ފެންވަރުގެ ބޮޑެތި ހޮޓާތައް އެންމެ ފެންވަރު ރަނގަޅު ޚިދުމަތަކާއެކު ދެވޭގޮތަށް މައްކާގައި ތަރައްޤީކޮށް އެތައް މިލިޔަން ޙައްޖުވެރިންނަށް އެކަމުގެ ފަސޭހަ ލިބޭގޮތަށް ހެދުމަށްޓަކައި 6 އަހަރު ދުވަހުގެ މުއްދަތުގެ 600 ބިލިޔަން ސަޢޫދީ ރިޔާލުގެ ބޮޑު މަޝްރޫޢެއް ފަށަން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢާ ބެހޭގޮތުން މައްކާގެ ގަވަރުނަރ އަމީރު ޚާލިދު އަލްފައިސަލް ވިދާޅުވެފައިވަނީ، މި މަޝްރޫޢުގެ ދަށުން މައްކާގައި ޢިމާރާތްތައް ތަރައްޤީ ކުރުމަށްވުރެން މި މަޝްރޫޢު ފުޅާވާންޖެހޭނެ ކަމަށެވެ. އެގޮތުން، ހައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކާއި މުޢާމަލާތުގައިވެސް ކުރިއަރައި ތަރައްޤީވާން ޖެހޭނެ ކަމަށެވެ.

އަދިވެސް ޚާލިދު ވިދާޅުވި ގޮތުން މި މަޝްރޫޢު އަކީ ރަސްގެފާނު އަބްދުﷲ ގެ ވިސްނުންފުޅާ ތަޞައްވަރުގެ މައްޗަށް ބިނާވަމުންދާ މަޝްރޫޢެއްކަމަށެވެ. އަދި މިއީ މައްކާ މީގެ ކުރިން ދުވަހަކުވެސް ދެކެފައި ނުވާ މުޅިން ތަފާތު މަޝްޢޫރެއްކަމަށްވެސް ޚާލިދު ވިދާޅުވިއެވެ.

ޚާލިދު އިތުރަށް ވިދާޅުވިގޮތުން، ރަސްގެފާނު އަބްދުﷲ ގެ ނަންފުޅުން ނަންދެވިފައިވާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި 4 އަހަރުން ނިމޭނެކަމަށެވެ. މީގެ ތެރޭގައި މިހާރު ޙަރަމުގެ ބޮޑު ކުރަމުން އަންނަ ބައި ހިމެނޭކަމަށެވެ. މި މަޝްރޫޢުގެ ދަށުން މައްކާގެ މަގުތައް ބޮޑުކޮށް، ކުދިނއަވަށްތައް އިތުރަށް ތަރައްޤީ ކުރެވޭނެއެވެ.

ޓެގް

މައްކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.