ދިއިސްލާމް އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގެ ފުރުސަތު އެމެރިކާ ނަގާލައިފި : ސައުދީ ޕްރިންސް

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގެ ފުރުސަތު އެމެރިކާ ނަގާލައިފި : ސައުދީ ޕްރިންސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަލްޤައިދާގެ ލީޑަރު އުސާމާ ބިން ލާދިން މަރާލެވިއްޖެ ކަމަށް ބުނެ އެމެރިކާ އުފާ ފާޅުކޮށް އެކަން އިއުލާން ކުރި ދުވަހުގެ އަނެއް ދުވަހަކީ އަފްޣާނިސްތާނުން ފައިބަން އެމެރިކާ އަށް ރަގަޅު ފުރުސަތެއް ކަމަށާއި ނަމަވެސް އެމެރިކާއިން އެ ފުރުސަތު ނަގާލާފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އިން އެމެރިކާ އަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އަދި ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޕްރިންސް ތުރުކީ އަލް ފައިސަލް ވިދާޅުވެއްޖެއެވެ.

"ކާމިޔާބީ އިއުލާން ކުރުމަށްފަހު އަފްޣާނިސްތާނުން ފައިބަން އެއީ އެންމެ ރަގަޅު ވަގުތު... ނިމުމެއް ނެތް ހަނގުރާމަ ކުރިއަށް ގެންދިއުން ހުއްޓާލުމުގެ ވަގުތަކީ އެއީ" ސެންޓަރ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް ތިންކް ޓޭންކް އިން ބޭއްވި ޓެރަރިޒަމާއި ބެހޭ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ބިން ލާދިން މަރާލެވުނު ވަގުތަކީ އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލަން ފެށުމުގެ ވަގުތު ޖެހިއްޖެ ކަމަށް އިއުލާން ކުރަން އެންމެ ރަގަޅުވަގުތުކަމަށް ޕްރިންސް ފައިސަލް ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ ޖޯން ނިގްރޮޕޮންޓޭ ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ ކަމަށާއި 2014 ވަނަ އަހަރު އެ މަންޒަރު ފެނުން ގާތް ކަމަށެވެ.

ޕާކިސްތާނުގެ ގެ އެއްގައި ފިލައިގެން އުޅޭތާ ފަސް ވަރަކަށް އަހަރު ފަހުން މި އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އެމެރިކާ ސިފައިންގެ ޚާއްސަ ފައުޖަކުން ބިން ލާދިން މާރާލައިފި ކަމަށް ވަނީ އެމެރިކާގައި އިއުލާންކޮށް އެކަމުގެ އުފާ ފާޅުކޮށްފައެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕްރިންސް ފައިސަލް ވިދާޅުވެފައިވަނީ ބިން ލާދިން މަރާލުމަކީ ޓެރަރިޒަމްގެ ނިމުން ނޫން ކަމަށާއި އެކަމަކު އެއީ އެމެރިކާ ރައްޔިތުންނަށް ލުއިތަކެއް ހޯދައިދެވިދާނެ ކުރިއެރުމެއް ކަމަށެވެ.

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބައިނަލް އަޤްވާމީ މަރުކަޒެއް ހެދުން މުހިއްމު ކަމަށް ވެސް ޕްރިންސް ފައިސަލް މި ކޮންފަރެންސްގައި ވިދާޅުވެފައިވެއެވެ.  (ރޮއިޓާރސް)

ޓެގް

ފައިސަލް އަލްޤައިދާ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.