ސައިންސާއި ޓެކް ޕާކިސްތާނުގެ ކޯޓަކުން އެގައުމުގައި ފޭސްބުކް ބްލޮކް ކުރުމަށް އަމުރުނެރެފި.

ޕާކިސްތާނުގެ ކޯޓަކުން އެގައުމުގައި ފޭސްބުކް ބްލޮކް ކުރުމަށް އަމުރުނެރެފި.

ޕާކިސްތާނުގެ ކޯޓަކުން އެގައުމުގައި ފޭސްބުކް ބްލޮކް ކުރުމަށް އަމުރުނެރެފި.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ ކޯޓަކުން މަޝްހޫރު ސޯޝަލް ނެޓްވޯކިން ސައިޓެއްކަމުގައިވާ ފޭސްބުކް އެގައުމުގައި ވަގުތީގޮތުން ނުފެންނަގޮތަށް ބްލޮކް ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަމުރުކޮށްފިއެވެ.
މިއަމުރު ނެރެފައިވަނީ ފޭސްބުކްގައި، ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ކާޓޫނު ކުރެހުމުގެ މުބާރާތެއް ބޭއްވުމާއި ގުޅިގެން އެޤައުމުގެ ބަޔަކު ތައްޔާރުކުރި ޕެޓިޝަނަކާއި ގުޅިގެންނެވެ. މި ޕެޓިޝަން ހުށަހަޅާފައިވަނީ 'އިސްލާމިކް ލޯޔާސް މޫވްމެންޓް' ކިޔާ ލޯޔަރުންގެ ޖަމާއަތަކުންނެވެ. އެޖަމާއަތުން ހާމަކޮށްފައިވާ ގޮތުގައި މިއީ އިސްލާމު ދީނާ ދެކޮޅަށް އަދި ދުނިޔޭގެ އެތައް މިލިޔަން މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ ވަރަށްބޮޑު ޖަރީމާއެކެވެ.
އެނެއްކޮޅުން އެމުބާރާތުގެ މަޢުލޫމާތު ހުރި ޕޭޖްގައި ބުނެފައިވާ ގޮތުން އެ މުބާރާތް ބާއްވާ މީހުން އެކަންކުރަނީ އާދައިގެ މުސްލިމުންގެ އަގުވައްޓާލުމަކަށް ނޫނެވެ. 'އެވްރިބޮޑީ ޑްރޯ ޕްރޮފެޓް މުޙައްމަދު ޑޭ' ގެ ޕޭޖްގައި ލިޔެވިފައިވާ ގޮތުން އެމީހުންގެ މަޤްސަދަކީ 'ހައްދުފަހަނައަޅާފައިވާ' މީހުންނަށް، އެމީހުންގެ ރަސޫލާގެ ކާޓޫނު ކުރެހުމާއި ގުޅިގެން، މީހުންނަށް ގެއްލުން ދިނުމާއި ބިރުދެއްކި ނަމަވެސް، އެމީހުން ބިރުނުގަންނަކަން ދުނިޔެއަށް ސާބިތުކޮށްދިނުމެވެ.
މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މުސްލިމުން އެމީހުންގެ އަމިއްލަ ނަފްސަށްވުރެވެސް ލޯބިކުރާ ޝަޙްސިއްޔަތަކަށްވާއިރު، ދޭތެރެ ދޭތެރެއިން އިސްލާމު ދީނުގެ އަދުއްވުންދަނީ އެކަލާގެފާނުގެ ޝައްޙްސިއްޔަތަށް ނިސްބަތްކުރުން އެކަށީގެންނުވާ އެތައްކަމެއްކޮށް މުސްލިމުންގެ ލެޔާއި ކުޅެމުންނެވެ. މިކަމަކީ ކޮންމެ މުސްލިމެއްގެވެސް އީމާންކަމާ ގުޅިފައިވާ ކަމަކަށް ވުމުން މިކަން ވެގެންދަނީ ދުނިޔޭގެ މުސްލިމުންނަށް ކުރެވޭ ނަފްސާނީ އަނިޔާއަކަށެވެ. އަދި އިސްލާމު ދީނާއި ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއަކަށެވެ.
ޕާކިސްތާނުގެ ކޯޓަކުން މިގޮތަށް މިއަމުރު ނެރެފައިވާއިރު، ޕާކިސްތާނުގެ ވަރަށް ގިނަބަޔަކުވަނީ މިއީ ވަރަށް ހަރުދަނާ، އަދި ރައްޔިތުންގެ ވިންދާއި އެއްގޮތަށް ނެރެފައިވާ އަމުރެއްކަމަށް ހާމަކޮށްފައެވެ. އަދި ބައެއް މީހުން ހާމަކޮށްފައިވާގޮތުގައި ކޯޓު އަމުރެއް އެގޮތަށް ނުނެރުނު ކަމުގައިވިއަސް، މިހާރުވެސް އެމީހުން ފޭސްބުކް ބޮއިކަޓްކޮށް ދޫކޮއްލާފައިވާ ކަމުގައެވެ. ސަބަބަކީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އެމީހުން ކުރާ ލޯބީގެ ކުރިމަތީގައި ފޭސްބުކަކީ އެމީހުނަށް އެއްވެސް މުހިންމު އެއްޗެއް ނޫނެވެ.
މިއީ މިމައްސަލާގައި ވަރަށް ގިނަ މުސްލިމުންގެ ވިންދު ހުރިގޮތްކަމަށް ވާއިރު، އަދި ޕާކިސްތާނުގެ ކޯޓުން ފޭސްބުކް ނުފެންނަގޮތަކަށް ބުލޮކުކުރުމަށް ވަގުތީ އަމުރެއް ނެރިފައިވާއިރު، ފޭސްބުކުން މިމައްސަލާގައި އެކަށީގެންވާ ފިޔަވަޅެއް ނާޅައިފިނަމަ، އެއަމުރު ދާއިމީއަމުރަކަށް ބަދަލުކުރާން ޖެހިދާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
އެހެންކަމުން މިހާރު ފޭސްބުކުން އެ ޕޭޖް ރިމޫވް ކޮއްފައިވާ ކަމުގެ ހަބަރުތައްވެސް ދަނީ ފެތުރެމުންނެވެ.

ޓެގް

ޓެކްނޮލޮޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.