ސުފުރާ

ކަޓްލަސް ބޯކިބާ

ބޭނުންވާ ތަކެތި

6 އަލުވި ( ކައްކާފައިހުރި )

1 ގިތެޔޮމިރުސް

1 ބޮޑުފިޔާ ( ކުދިކޮށް ކޮށާފައި )

1 ދަޅުމަސް

1 ލޮނުމެދު

ހިކަނދިފަތް ( ކުދިކޮށް ކޮށާފައި )

ފާރޮށި ކުނޑި

ލޮނާއި އަސޭމިރުސް

5 ބިސް

ތެޔޮ

ތައްޔާރުކުރާނެ ގޮތް

ތަވާ އުދުންމައްޗަށް އުދާލާފައި ތެޔޮ އަޅާފައި ހޫނުވީމާ ފިޔާކޮޅު، ހިކަނދިފަތް، ލޮނުމެދު އަދި މިރުސް  އެއްކޮށްލާފައި މޯޅިވީމާ ނަންގަވާ ހިހޫކޮށްލައްވާށެވެ. ދެންއަލުވި، މަސް، އަދި ލޮނާއި އަސޭމިރުސް ލައްވައިގެން ރަނގަޅަށް މޮޑެލައްވާށެވެ. އަދި ބިސް ވެސް އެއްކުރައްވާށެވެ. ޓްރޭގައި ތެޔޮ ހޭކުމައްފަހު މަސްގަންޑު ޓްރޭއަށް އަޅުއްވާށެވެ. އެއަށްފަހު މައްޗަށް ފާރޮށި ކުންޑި ބުރުވާލުމައްފަހު އަވަނުން ފިއްސަވާށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ސުފުރާ