ބޭނުންވާ ތަކެތި
2 ގަނޑު ރޯމަސް ( 1 އިންޗިއަށް ކޮށާފައި)
4 ކެޕްސިކަމް ( ކަރުނަގާ ކޮށާފައި)
3 ފިޔާ ( ބޮޑެތިކޮށް ކޮށާފައި)
1 ސައިސަމުސާ ލޮނުމެދު ( ޗިސްކޮށްފައި ހުރި)
1 ސައިސަމުސާ އިނގުރު ( ޗިސްކޮށްފައި ހުރި)
4 ހިކި މިރުސް ބުރި ބުރިކޮށް ކޮށްފައި
1 ސައި ސަމުސާ އަޖިނަމޮޓޯ
1 ފަޅި ބެލް ޕެޕަރ ގެ ރަތް ކުލަ ( ބޮޑެތިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ކޯން ފްލަރ
2 ބިސް
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
3 ފެހި ތޮޅި މިރުސް ފަޅި ފަޅިކޮށްފައި ހުރި
2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
2/1 ސައި ސަމުސާ ޗިލީ ސޯސް
2/1 ޖޯޑު ޓޮމާޓޯ ސޯސް
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ބިސް ގިރާފައި ކޯންފްލަރ، ސޯޔާ ސޯސް،ލޮނު، އަސޭމިރުސް،އެއްކޮށްފައި މަހުގައި ހާކާފައި ބަހައްޓާށެވެ. ދެން ތެއްޔަކަށް ތެޔޮ އަޅާލާފައި އުނދުންމައްޗަށް އުދާލުމަށްފަހު ތެޔޮ ކެކިގަތުމުން މަސްއަޅާފައި އެތެރެ މަޑުކޮށް ބޭރަށް މަޑު މުށި ކުލަ އެއް އަރާވަރަށް ތެލުލާފައި ބަހައްޓާށެވެ. އެހެން ތަވައެއް އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ ކެޕްސިކަމް .މިރުސް ހިކިމިރުސް،އަޅާފައި މޯޅިވީމާ މަސް ފިޔަވައި ބާކީ ތަކެތި އެއްކޮށްފައި ރޯފިލުމުން މަސްވެސް އަޅާފައި ރަހަހިފީމާ އުނދުން މަތިން ބާލާށެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...