އުންމަތް" މިނަމުގައި މުޅިން އައު މަދަޙަ އަލްބަމެއް ވުޖޫދަށް އަތުވެއްޖެއެވެ.
ދިއިސްލާމް އަށް ޚަބަރު ލިބިފައިވާ ގޮތުގައި މިމަދަހަ އަލްބަމްގައި ހިމެނެނީ ޖުމްލަ 6 މަދަހަ ކަމަށާއި މަދަހަ އަލްބަމްގައި ހިމެނޭ އަޑުތަކުގެ ތެރޭގައި ޢަލީ ޒައިދު، ޙުސައިން ޢަލީ، އަޙްމަދު އާމިރު އަދި ޢަބްދުﷲ ރަޝީދު ކަމުގައި އެ ޕްރޮޑަކްޝަންސްގެ ފަރާތުން މަޢުލޫމާތު ދެއެވެ. އަދި މީގެ އިތުރުން މަދަހަ އަލްބަމް ގައި ހިމެނޭ ޅެންތައް ހައްދަވައި ދެއްވީ އާދަމް ޙަލީމް އަދުނާން، އިސްމާޢީލް މުބާރިކް، ޢަލީ ޒައިދު އަދި ޢަބްދުﷲ ރަޝީދުއެވެ. "ޢަބްދުﷲ ރަޝީދު ޕްރޮޑަކްޝަންސް"ގެ މިއުފެއްދުމުގައި އެކުލެވޭނީ މުޅިންވެސް އަމިއްލަ ރާގު ކަމަށާއި އަމިއްލަ ރާގު ހައްދާފައިވާނީ ޢަބްދުﷲ ރަޝީދު އަދި ޢަލީ ޒައިދުކަމަށްވެސް ދިއިސްލާމްއަށް ވަނީ މައުލޫމާތު ލިބިފައެވެ.
"އުންމަތް" މަދަހަ އަލްބަމް ލިބެން ހުންނާނީޢަބާޔާ އަދި ދާރުލް އިސްލާމުންނެވެ.

















advertisment
ޚިޔާލު