އަރަބިދުނިޔެ

މުޖާހިދުންގެ ހަމަލާއެއްގައި އިޒްރޭލުގެ ކައުންޓަރ ޓެރެރިޒަމް ގެ އޮފިސަރެއް މަރުވެއްޖެ

މުޖާހިދުންގެ ހަމަލާ އަމާޒުވި ބަހެއް ހަލާކުވެފައި. ފޮޓޯ - އިޒްރޭލް ނެޝެނަލް ނިޔުސް. ލިޔުނީ މުޙައްމަދު ވިޝާޙް

ކޮން ބައެއްކަން ނޭގޭ މުޖާހިދުންތަކެއް އިޒްރޭލު ސިފައިން ދަތުރު ކުރަމުން ދިޔަ ދެ ބަހަކަށް ހަމަލާ ދީފިއެވެ. މި ހަމަލާ ދީފައިވަނީ ބުރާސްފަތިދުވަހު ޚިސާރު ކުރެވިފައިވާ ފަލަސްޠީނުގެ ބިމެއް ކަމުގައިވާ އުއްމު އައް ރަޝްރަޝް ގައެވެ. އިޒްރޭލުގެ މީޑިޔާ އިން ހަބަރު ލިބޭ ގޮތުގައި މި ހަމަލާގައި 6 ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް ފަހުން ހާމަކޮށްފައިވާ ގޮތުގައި މަރުވިމީހުންގެ އަދަދު 8 އަށް ވަނީ އަރައިފައެވެ. އަދި މިހަމަލާތަކުގައި ކައުންޓަރ ޓެރަރިޒަމާ ބެހޭ ބައިގެ އޮފިސަރެއްވެސް މަރުވެފައިވާކަމަށް އިޒްރޭލުގެ  ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ އިޒްރޭލް ނެޝެނަލް ނިޔުސުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން 33 މީހަކަށް  ވަނީ އެކި ވަރުވަރު ގެ އަނިޔާތައް ލިބިފައެވެ.

މިހަމަލާތަކުގެ ރައްދުގައި އިޒްރޭލުންވަނީ ވައިގެ މަގުން ހަމަލާދީ ޞަލާހުއްދީން ބްރިގޭޑްސް ގެ ކޮމާންޑަރ އަބޫ އަވާދް އަން ނިރާބް ހަމަ އެދުވަހު ޝަހީދު ކޮށްލާފައެވެ. އަދި ހަމަ އެއާ އެކު ނަތަންޔާހޫ ވަނީ އިޒްރޭލުގެ މީޑިޔާއަށް މިކަން ކަށަވަރު ކޮށްދީފައެވެ.

"އަހަރަމެން ރައްދު ހަމަލާ  ދީފިން. އަދި އެއީ ނިކަން ވަރުގަދައަށް" ނަތަންޔާހޫ ބުނެފައިވެއެވެ.

އިޒްރޭލުގެ މިހަމަލާގައި ޖުމްލަ 6 މީހަކު ވަނީ ޝަހީދު ވެފައެވެ. މި ހަމަލާގައި ޕޮޕިޔުރލަރ ރެސިސްޓަންޓް ކޮމެޓީގެ އޮފިޝަލެއް ކަމަށްވާ ޚާލިދް ޝާތް ގެ އަންހެން ދަރިފުޅަށް ވަނީ އަނިޔާވެފައެވެ.

މައުލޫމާތު: ނިޔުސް އެޖެންސީތައް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *