ސުފުރާ ތަރުކާރީ ބިސް

ތަރުކާރީ ބިސް

ތަރުކާރީ ބިސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާތަކެތި

8 ބިސް

4 ޓޮމާޓޯ (ކުދިކޮށްކޮށާފައި)

3 ތޮޅި (ކުދިކޮށްކޮށާފައި)

3 ސައިސަމްސާ ލޮނު

3 މޭޒުމަތ ސަމްސާ ތެޔޮ

1 ފިޔާ (ކުދިކޮށްކޮށާފައި)

2 ރޯމިރުސް (ކުދިކޮށް ކޮށާފައި )

1 ސައިސަމްސާ ރީދޫ

1 ސައިސަމްސާ އަސޭމިރުސް

1 ކެޕްސިކަމް (ކުދިކޮށްކޮށާފައި )

ހިކަނދިފަތް ކޮޅެއް

ތައްޔާރުކުރާނެ ގޮތް

ބިސް، އަސޭމިރުސް އަދި ލޮނު ތައްޓަކަށް އަޅައި ރަގަޅަށް ގިރާލާށެވެ. ތެޔޮކޮޅު ތަވައެއްގައި ހޫނުކޮށްލުމަށްފަހު ހިކަނދިފަތްކޮޅާއި ފިޔާކޮޅު އެއްކޮށްއަޅާ ކުޑަކޮށް ރަތްކޮށްލާށެވެ. އެއަށްފަހު މިރުސްކޮޅާއި ކެޕްސިކަމް، ތޮޅި އަދި ޓޮމާޓޯ ކޮޅު އެއްކޮށްފައި ރަގަޅަށް ރޯފިލުވާލާށެވެ. އެއަށްފަހު ރޯފިލުވި އެއްޗެތި ބިސްތަކުގެ ތެރެއަށް އަޅާއެއްކޮށްލާށެވެ. ބިސްއެތި ރަގަޅަށް ރޯފިލަންދެން ރަގަޅަށް ހަލާށެވެ. ހަލާނިމޭއިރު ބިސް ތައް ހުންނަން ވާނީ ރަގަޅަށް ރޫޅިފައެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.