ރިޕޯޓުތައް ބުނާގޮތުން ސިންދު ޕްރޮވިންސްގެ ހަ ޑިސްޓްރިކްޓެއްގައި ވަނީ ބޯ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ދަނޑުބިންތަކުގެ އިތުރުން އެތައް ބައެއްގެ ގެދޮރު ވީރާނާވެފައެވެ. މިގޮތުން 700،000 މީހުންނަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާކަމަށް ޚަބަރުލިބިފައިވެއެވެ. ބައެއް ރިޕޯޓްތަކުން އެނގިފައިވާގޮތުން ފާއިތުވީ ހަފްތާގެ ތެރޭގައި 30 މީހަކުވަނީ މިފެން ބޮޑުވުމުގައި ދުނިޔެ ދޫކޮށްފައެވެ.
ކައިރި މުސްތަޤުބަލެއްގައި ވިއްސާރައިގެ އަސަރު ކުޑަވެދާނެކަމަށް ލަފާ ނުކުރެވޭކަމުގައި ޕާކިސްތާނުގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދީފައިވެއެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ބަލިމަޑުކަން އާންމުވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެދާނެކަމުގެ ބިރު ހީވެފައިވާކަމުގައި މިއަދު ޕްރެސް ޓީވީ އިން މިއަދު ވަނީ ބުނެފައެވެ.
ސިންދު ޕޮރޮވިންސަކީ 2010ވަނަ އަހަރު 21މިލިއަން މީހުން ޙާލުގައި ޖެހުނު ފެންބޮޑުވުމުގައި އެންމެ ނުބައި އަސަރެއްކޮށްފައިވާ ސަރަޙައްދެވެ. ހަފްތާތަކަށް ދެމިގެން ދިޔަ ފާއިތުވީ އަހަރުގެ ފެންބޮޑުވުމުގައި 1،750 މީހުން މަރުވެފައިވާއިރު، މިފެންބޮޑު ވުމުގެ ޝިކާރައަކަށް ވީމީހުންގެ ތެރެއިން އެތައް ލައްކަ ބަޔަކު އަދިވެސް ވަގުތީ ހިޔާތަކުން ބޯހިޔާވަހިކަން ލިބިގަންނަމުން އެބަދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...