ސުފުރާ

ޗީޒް ކަޓްލަސް

ބޭނުންވާ ތަކެތި

6 އަލުވި ( ކައްކާފައިހުރި )

1 ޖޯޑު ކެބެޖް ( ކުދިކޮށް ކޮށާފައި )

300 ގ. ޗީޒް (ގާނާފައި )

3 ފޮތި ޕާން

1 ގިތެޔޮމިރުސް

1 ޖޯޑު ފުށް

1 ބޮޑުފިޔާ ( ކުދިކޮށް ކޮށާފައި )

1 ދަޅުމަސް

1 ލޮނުމެދު

ހިކަނދިފަތް ( ކުދިކޮށް ކޮށާފައި )

ފާރޮށި ކުނޑި

ލޮނާއި އަސޭމިރުސް

ތެޔޮ

ބައި ޖޯޑުފެން

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ޕާން ފޮތި ތަކުގެ މައްޗައް ފެންފޮދެއް އަޅުއްވާފައި ފޯކުރަން ބަހައްޓަވާށެވެ. ތަވާ އުދުންމައްޗަށް އުދާލާފައި ތެޔޮ އަޅާފައި ހޫނުވީމާ ފިޔާކޮޅު، ހިކަނދިފަތް، ލޮނުމެދު އަދި މިރުސް  އެއްކޮށްލާފައި މޯޅިވީމާ ނަންގަވާ ހިހޫކޮށްލައްވާށެވެ. ދެންއަލުވި، ކެބެޖް، ޕާންފޮތި ( ފެންފޮދު ފެއްލަވާފައި )، މަސް، ޗީޒް އަދި ލޮނާއި އަސޭމިރުސް ލައްވައިގެން ރަނގަޅަށް މޮޑެލައްވާފައި ގުޅަހައްދަވާށެވެ. ދެން ފުއްކޮޅު ބައި ޖޯޑުފެނުގައި ގިރުއްވުމައްފަހު ގުޅަތައް ގިރުއްވި ފުށުގެ ތެރެއައް ލައްވާފައި ފާރޮށި ކުނޑި ހޭކެއްވުމައްފަހު ތެލުލައްވާށެވެ.

ނޯޓް.

  • ޗީޒް ސާވް ކުރުމުގެ އެއްގަޑިއިރު ކުރިން ފްރިޖުން ނަންގަވާށެވެ. އެއީ ރަހަ ރަނގަޅު ކުރުމައްޓަކްއެވެ.
  • ފޮތިކޮޅެއްގައި ވިނިގަރ ހާކާލުމައްފަހު ޕާންއަޅާ ކޮންޓޭނަރގައި ހަފްތާއަކު އެއްފަހަރު ހަކާލާށެވެ. އޭރުން ޕާނުގައި ފީޖަހާ ގޮތް ކުޑަވާނެއެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ހާދަ މީރު ވާނެހެން އެބަ ހީވެޔޭ!

  2. އެބުނާހެން ވަރަށް މީރު ވާނެހެން ހީވަނީ. މިއަދު ކޮންމެހެންވެސް މީތި ޓްރައި ކޮްއްލަންޖެހޭނެ…

  3. ކެބެޖު ވެސް ފެނުކައްކަން ޖެހޭތަ.؟؟

Your email address will not be published. Required fields are marked *

More in ސުފުރާ