ދުނިޔެ މިސްރުގެ އަސްކަރިއްޔާއިން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީފި.

މިސްރުގެ އަސްކަރިއްޔާއިން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

މިސްރުގެ އަސްކަރިއްޔާއިން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެ މުޒާހަރާގެ ބައިވެރިންނައަށް ހަމާދީފިއެވެ.

މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއަށް ސަލާމަތީ ފައުޖްތައް ވަދެފައިވަނީ އަސްކަރީ އުޅަނދުތަކުގައެވެ. މުޒާހަރާގެ ތެރެއަށް އަސްކަރީ ފައުޖްތައް ވަދެފައިވަނީ ކައިރޯގެ ތަހްރީރް މައިދާނުގައި ކުރަމުންދާ މުޒާހަރާ ރޫޅާލުމަށެެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާގޮތުގައި މުޒާހަރާ ރޫޅާ ލުމަށް ސިފައިން ފަޒާގެ ތެރެއަށް ބަޑި ޖަހާފައިވެއެވެ.

މުޒާހަރާގެ ބައިވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 200 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަމަށާއި ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ތަހްރީރް މައިދާނުގައި ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ ހުސްނީ މުބާރަކް އިސްތިއުފާ ދިނުމުން ވެރިކަމުގެ ކަންކަމާ ހަވާލުވި އަސްކަރިއްޔާގެ ވެރިކަން ނިމުމަކަށް ގެނެއުމަށެވެ. އަދި ރައްޔިތުންގެ ވެރިކަމެއް ގާއިމުކުރުމަށް އަޑު އުފުލަމުން ދެއެވެ.

މީގެ އިތުރުން މުބާރަކް ސަރުކާރުގެ އިސް އޮފިސަލުން އަދުލް އިންސާފުގެ ކުރިމައްޗަށް އަވަހަށް ގެނެސް އިންސާފު ގާއިމުކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވަމުންދެއެވެ.

30 އަހަރަށްވުރެ ގިނަސްދުވަސް ވެފައިވާ ހުސްނީ މުބާރަކްގެ ވެރިކަން ރައްޔިތުން ނުކުމެ ނިމުމަކަށް ގެނެސްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މުބާރަކް ވެރިކަމުން އިސްތިއުފާ ދިނުމާ ގުޅިގެން މިލިޓަރީ ކައުންސިލުންވަނީ ވެރިކަމާ ހަވާލުވެފައެވެ.

ޓެގް

އަސްކަރިއްޔާ ކެއިރޯ ސިފައިން މިސްރު މުޒާހަރާ ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.