ދަރުސް ޚަބަރު ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށާއި ލެކްޗަރަރއިންނަށް އަމާޒްކޮށްގެން ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް ބާއްވަނީ

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށާއި ލެކްޗަރަރއިންނަށް އަމާޒްކޮށްގެން ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސް (އެފްއެޗްއެސް) ގައި ކިޔަވާ ދަރިވަރުން އިންތިޒާމްކޮށްގެން އައްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިކަމުގައި އިސްކޮށް އުޅުއްވާ އެފްއެޗްއެސްގެ ދަރިވަރަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި މިދަރުސް އޮންނާނީ ޖުލައި 27 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި އެފްއެޗްއެސްގެ ކޮންފަރެންސް ހޯލުގައެވެ. ޝައިޚް ދަރުސް ދެއްވާނީ "ތަޢުބާވުމަށް މަގެއް" މި މައުޟޫއަށެވެ.

މިދަރުސް އަށް އެ ޔުނިވަރސިޓީގެ ދަރިވަރުންނަށާއި ލެކްޗަރަރ އިންނަށް ދަޢުވަތު އަރުވާފައިވާ ކަމަށް އެފްއެޗްއެސްގެ ދަރިވަރު ވިދާޅުވިއެވެ. ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން އިސްނަގައިގެން މީގެ ކުރިންވެސް އެކި ޢިލްމުވެރިންގެ ދަރުސްތައް ބާއްވާފައިވެއެވެ.

މިމަހު 19 ވަނަ ދުވަހުގެ ރޭ އިސްކަންދަރު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށް ޚާއްޞަކޮށްގެން ވެސް ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސެއް ބާއްވާފައި ވެއެވެ.

ޓެގް

ދަރުސް ވީޑިއޯ ޝައިޚް އިލްޔާސް ޙުސައިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.