ބޭނުންވާ ތަކެތި
250 ގ. ފުށް
1 މޭޒުމަތީ ސަމުސާ ބަޓަރ
1 ސައިސަމުސާ ހިކިކިރު
1 ސައިސަމުސާ ހަކުރު
2 ސައިސަމުސާ އީސްޓް
2 ފިޔާ ( ހިމުންކޮށް ކޮށާފައި)
1 ޖޯޑު ޕީލްޑް ޓޮމާޓޯ
3 /1 ސައިސަމުސާ މުގުރި އަސޭމިރުސް
2 /1 ސައިސަމުސާ އަޖިނަމޮޓޯ
1 ދަޅު މަސް
1 ޖޯޑު ( ޗީޒް ( ގާނާފައިހުރި)
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ފުށާއި އީސްޓް ، ބަޓަރ، ކިރު ، ހަކުރު އެއްކޮށްފައި ތާފަނާފެނުން ފުށްގަނޑު މޮޑެފައި މަތި ބަންދުކޮށްފައި ބާއްވާށެވެ. ދެން ތަވާ އުދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅު އަޅާފައި ފިޔާކޮޅު މޯޅިވީމާ މަސް، ޕީލްޑް ޓޮމާޓޯ، އަޖިނަމޮޓޯ، ލޮނު، އަސޭމިރުސް އެއްކޮށް އަޅާފައި ރޯފިލުމުން އުނދުންމަތިން ބާލާށެވެ. ފުށްގަނޑު 4 ބައިކޮށްލާށެވެ. ފުއްގުޅައެއް ދަމާލާފައި މަސްގަނޑު ފަތުރާލާށެވެ. މައްޗަށް ޗީޒް އެޅުމައްފަހު އޮޅާލާށެވެ. އެއައްފަހު 2/1 އިންޗި ހުންނަ ވަރަށް ކަފާލާށެވެ. ޓްރޭގައި ބަޓަރުކޮޅެއް ހާކާލަފައި ޕިއްޒާ ރޯލްސްތައް އަތުރާލުމައްފަހު އަވަނުން ފިހެލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...