ދުނިޔެ ސްޕެއިންގެ ޤާނޫނީ ވަކީލަކު އޮބާމާގެ މައްޗަށް ދައުވާކޮށްފި.

ސްޕެއިންގެ ޤާނޫނީ ވަކީލަކު އޮބާމާގެ މައްޗަށް ދައުވާކޮށްފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނި: އިބްރާހިމް މަބްރޫކް

ސްޕެއިންގެ ޤާނޫނީ ވަކީލެއްކަމަށްވާ ޑެނިއަލް ފޮއިލް އެމެރިކާގެ ރައީސް ބަރަކް އޮބޯމާ އާ ދެކޮޅަށް އިންޓަރ ނޭޝަނަލް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފިއެވެ.

ޑެނިއަލް އޮބާމާ ގެ މައްޗަށް ދައުވާ އުފުލާފައިވަނީ އަލްގައިދާގެ ވެރިޔާ އުސާމާ ބިންލާދިން އަވަހާރަ ކޮށްލުމަށްޓަކައި ދިން އަމުރާ ގުޅިގެން ހިންގި ކަންތައްތަކުގައި އިންސާނިއްޔަތާ ޚިލާފު އެތަކެއް ޖަރީމާތަކެއް ހިންގައިފައިވާކަމަށް ބުނެއެވެ.

މީގެ އިތުރުން ޑެއިލީ ޓެލެގްރާފް އިން ރިޕޯޓް ކުރާގޮތުގައި  ޑެނިއަލް މި ދައުވާ އޮބާމާ އާ ދެކޮޅަށް އުފުލާފައި ވަނީ ޖެނީވާގެ އެއްބަސް ވުމާ ޚިލާފަށްް އުސާމާ އަވަހާރަކޮށްލުމަށް އޮބާމާގެ ހަނގުރާމަވެރިންނަށް  އަމުރުކޮށްފައިވާތީއެވެ.

މި ދައުވާ އުފުލަމުން ޤާނޫނީ ވަކީލު ބުނެފައިވަނީ އެގޮތަށް އުސާމާ ބިން ލާދިން މަރާލުމުގެ ބަދަލުގައި އުސާމާ އަދުލް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދެވިދާނެކަމަށެވެ.

މިކަމަކީ އަލްގައިދާ ދިފާއުކުރުމަށް ކުރާ ދައުވާއެއް ނޫންކަމަށް ޤާނޫނީ ވަކީލު ޑެނިއަލް ވަނީ ހާމަކޮށްފައެވެ.

މިއަހަރު މެއި މަހުގެ ދެވަނަ ދުވަހު އެމެރިކާ ސިފައިން ދިން ހަމަލާއެއްގައި އަލްޤައިދާ ގެ ލީޑަރު އުސާމާ ބިން ލާދިން އަވަހާރަ ކޮށްލައިފައިވާކަމަށް  ދުނިޔޭގެ އެތަށް މީޑިޔާއެއްގައިވަނީ ހާމަކޮށްފައެވެ.

ޓެގް

ޤާނޫނީ ވަކީލު ސްޕެއިން އުސާމާ ބިން ލާދިން އަލް ގައިދާ އޮބާމާ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.