ޖަމްޢިއްޔަތުއްސަލަފް އާއި ހުޅުމާލޭގެ ޒުވާނުންނާ ގުޅިގެން ޖުލައި 22 ވާ ހުކުރު ދުވަހު ހުޅުމާލޭގައި އައްޝައިޚް އަޙްމަދު ސަމީރުގެ ޚާއްޞަ ދެ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހުގެ ހަވީރު 16:30 ގައި ހުޅުމާލޭ ޕްރީސްކޫލްގައި ޝައިޚް ސަމީރު ކުޑަކުދިންނަށް ޚާއްޞަ ދަރުސެއް ދެއްވާނެއެވެ. މިދަރުސް އަށް ކުޑަކުދިން ގޮވައިގެން ބެލެނިވެރިން ވަޑައިގެންނެވުމަށް ދަރުސް އިންތިޒާމް ކުރާ ފަރާތުން ދަޢުވަތު އަރުވައެވެ.
އަދި ހުކުރު ދުވަހުގެ ރޭ 20:45 ގައި ހުޅުމާލޭ ލާލޭ އިންޓަނޭޝަނަލް ސްކޫލްގެ ފުރަގަހުގައި އޮންނަ ހުސްބިމުގައި "އައްޑަނަ" މިމައުޟޫއަށް ޝައިޚް ސަމީރުގެ ޚާއްޞަ ދަރުސެއް އޮންނާނެވެ. މިދަރުސް ވަނީ ހުރިހާ އުމުރު ފުރައަކަށް ޢާއްމުކޮށް ހުޅުވާލެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...