ބްރެޒިލްގެ ސިޓީއެއްކަމަށްވާ މޮސޯރޯގެ 11 އަހަރުވީ ކުޑަ ފިރިހެންކުއްޖެއްގެ ހަށިގަނޑުގައި ދަނގަޑުގެ ބާވަތް، ތަތްލާ މާއްދާއެއްހުރުމުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން އޭނާއަށް ލިބެމުން އެބަދެއެވެ.
ޕައޯލޯ ޑޭވިޑް އަމޯރިމް ނަމަކަށްކިޔާ މިކުއްޖާގެ ބަނޑުގައާއި އަދި ބުރަކަށީގައި ސަމްސަލާއި، އުލާއި، ވަޅިއާއި، އަދި ކެއްކުމުގައި ބޭނުންކުރާ ތަވާފަދަ ސާމާނު ތަތްލާކަމަށްވެއެވެ. މީގެ އިތުރުން ރިމޯޓު، ކެމެރާފަދަ އެހެނިހެން މާއްދާތަކުގެ އެއްޗެތިވެސް ތަތްލާފައި ނުވެއްޓި ހުންނަކަމަށްވެއެވެ.
"ދަގަތްފާނު ކުއްޖާ" ގެ ނަމުން މަޝްހޫރު މިކުއްޖާ ހާމަކުރާގޮތުގައި އޭނާގެ ހަށިގަނޑުގައި ކާންގެންގުޅޭ އޫ، ސަމްސާ، އަދި ވަޅިފަދަ ތަކެތި ތަތްލާތީ އޭނާ ވަރަށް ހައިރާންވާކަމުގައެވެ. އަދި އޭނާގެ ކްލާސްކުދިން އޭނާއަށް ދަގަތްފާނު ކުއްޖާގެ ނަމުން މުޚާޠަބުކުރާކަމަށެވެ.
ޑރ.ރޮސާޑޯ ސޮބްރިންހޯ ހާމަކުރިގޮތުގައި އޭނާގެ ޑޮކްޓަރީ ޙަޔާތުގައި 30 އަހަރުވީއިރު މިފަދަ ކަމެއް އޭނާއަށް ދުވަހަކުވެސް ފެނިފައިނުވާކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...