އެމެރިކާއަށް ނަގޫރޯޅިއެއް އަރާ މިހާތަނަށް 10 މީހުން މަރު އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.
ހޮނިހިރު ދުވަހު އައި މިބާރުގަދަ ތޫފާނުގައި ނަގޫރޯޅިއެއް އަރާ އެތައް ގެއެއް ހަލާކުކޮށްލާފައިވާކަމަށް އެމެރިކާގެ މީޑިއާތަކުން ހަބަރު ދެއެވެ. މިސިސިޕި އާއި ލޫއިސިއާނާ އަދި އަލަބާމާ އަށް ކުރިމަތިވި މި ކާރިސާގައި މިހާތަނަށް 10 މީހުން މަރުވެފައިވާކަން ޔަގީންވެފައިވާއިރު މިއަދަދު މައްޗަށް ހިނގައިދާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ލަފާކުރެއެވެ. އަދި 21 މީހުންނަށް ބޮޑެތި އަނިޔާލިބިފައިވާއިރު އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ހަބަރުތަކުން ބުނެއެވެ.
ނަގޫ ރޯޅީގައި އެމެރިކާގެ ބައެއް ސަހަރުތަކަށް ލިބިފައިވާ ގެއްލުންތައް އަދި މުޅިން ޔަގީން ވެފައި ނުވިނަމަވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ސްޓޭޓްގެ ސަރުކާރުން ހާމަކުރެއެވެ. ބައެއް އިމާރާތްތަކުގެ ފުރާޅުތައް އުކާލާ، ބިޔަ ގަސްތައް ވެއްޓި، ފާރުތައް ވެއްޓިފައިވާ ކަމަށާއި މިހާރުވެސް ގެތަކުގައާއި ކާރުތަކުގައި ބަންދުވެފައިވާ މީހުން ވާކަމަށް ހަބަރު ލިބެއެވެ.
'މިކަމުން ކެޓްރީނާ ތޫފާން ހަނދާން އާވެގެންދާކަމަށް.' ގަވާރުނަރ މީޑިއާއަށް ދިން ބަސްދީގަތުމެއްގައި އަސަރާއި އެކު ބުނެފައިވާ ކަމަށެވެ. އެމެރިކާގެ މެޑިކަލް އޮޕަރޭޝަން މެނޭޖަރެއް ކަމުގައިވާ ކްލޭ ހާމަކުރިގޮތުގައި 'މަގުތަކުގައި ޒަހަމްވެފައިވާ އެތައް ބަޔަކު ފެންނަމުންދާ ކަމަށާއި ތަފާތު ހާލަތްތަކުގައިވާ ބަލިމީހުން ހޮސްޕިޓަލަށް ގެނެވޭ' ކަމަށެވެ.
ނަގޫރޯޅީގެ ސަބަބުން އެމެރިކާގެ ބައެއް ސަރަހައްދުތަކުން ކަރަންޓާއި، ފޯންގެ ހިދުމަތާއި، ގޭހާއި ފެނުގެ ހިދުމަތް މެދުކެނޑިފައިވެއެވެ. ގިނަ ބަޔަކު މިހާރު ތިބީ އެމީހުންގެ ބުރަ މަސައްކަތުން ބިނާ ކުރި 'ހުވަފެނީ ބިނާ'ތައް ބިމާއި ހަމަވުމުގެ މޮޅިވެރިކަމުގައެވެ. 'އަހަރެން މުޅިން ބަރުބާދުވެއްޖެ' ނަގޫރޯޅީގެ ސަބަބުން ގިނަ މުދާތައް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ މީހަކު އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން އެހެން މީހަކު ބުނެފައިވާ ގޮތުގައި 'ނަގޫރޯޅި އަރައިގެން އައިއިރު ހީވީ ރޭލެއް އަންނަ އަޑުހެން، ކުޑަ އިރުކޮޅެއްގެ ތެރޭގައި ހުރިހާކަމެއްވެ ނިމިއްޖެ.'އެވެ.
މިނަގޫރޯޅީގެ އަސަރު އެމެރިކާގެ 15 ސަރަހައްދަކަށް ކޮށްފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...