ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއްސަލަފުން "ނަމާދު ވޯކްޝޮޕް" ފަށައިފި

ޖަމްޢިއްޔަތުއްސަލަފުން "ނަމާދު ވޯކްޝޮޕް" ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިއްޔެ ހަވީރު ފެށުނު "ނަމާދު ވޯކްޝޮޕް" ގެ ސެޝަނެއް ކުރިއަށް ދަނީ / ލިޔުނީ : ޙަސަން ޝިޔާޒް

ޖަމްޢިއްޔަތުއްސަލަފުން "ނަމާދު ވޯކްޝޮޕް" ގެ ނަމުގައި ވޯކްޝޮޕެއް އިއްޔެ ހަވީރު ފަށައިފިއެވެ.

ކުއްލިއްޔަތުއްދިރާސަތިލް އިސްލާމިއްޔާގެ 4 ވަނަ ފަންގިފިލާގައި ކުރިއަށްދާ މިވޯކްޝޮޕްގައި ކިޔަވާދެއްވަނީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އެވެ. މިވޯކްޝޮޕްގައި ކިޔަވާދެވޭ ބައިތަކުގެ ތެރޭގައި ޠަހާރަތު، ނަމާދުކުރާނޭ ގޮތް އަދި އުޒުރުވެރިންގެ ނަމާދު ހިމެނެއެވެ.

އިއްޔެ ވޯކްޝޮޕް ފެށުމުގެ ގޮތުން ޢިލްމު އުނގެނުމުގެ މާތްކަމާ ބެހޭގޮތުން ޝައިޚް އާދަމް ޝަމީމް ދަރުސް ދެއްވިއެވެ. އަދި އަޅުކަންތައް ޤަބޫލުކުރެއްވުމުގެ ދެ ޝަރުޠު ކަމުގައިވާ ﷲ އަށް ނިޔަތް ޚާލިޞް ކުރުމާއި، ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސުންނަތާ އެއްގޮތަށް އަޅުކަންތައް ކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ސަލަފުން މަޢުލޫމާތު ދެއްވާ ގޮތުގައި މިވޯކްޝޮޕްގެ މަޤްޞަދަކީ ސުންނަތުގެ އަލީގައި ނަމާދުކުރާނެ ގޮތާއި، ނަމާދާއި ގުޅޭ މައްސަލަތައް އޭގެ އެންމެ ޞައްޙަ ގޮތުގައި ކިޔަވާދީ ހޭލުންތެރިކުރުވުމެވެ.

"ނަމާދު ވޯކްޝޮޕް" ގެ އިއްޔެ އާއި މިއަދުގެ ވޯކްޝޮޕް ޚާއްޞަ ކުރެވިފައިވަނީ ހަމައެކަނި ފިރިހެން ބޭފުޅުންނަށެވެ. އަދި މިމަހު 15 އާއި 16 ވަނަ ދުވަހުގެ ވޯކްޝޮޕް ޚާއްޞަ ކުރެވިފައި ވަނީ ހަމައެކަނި އަންހެން ބޭފުޅުންނަށެވެ.

މިވޯކްޝޮޕްގެ އިއްޔެގެ ސެޝަންތައް ކުރިއަށްދިޔައީ ހަވީރު 16:20 ން 18:15 ށް އަދި ރޭގަނޑު 20:30 ން 22:30 ށެވެ. މިއަދުގެ ސެޝަންތައް ރޭވިފައިވަނީ ހެނދުނު 09:30 ން 12:00 ށް ، ހަވީރު 16:15 ން 18:15 ށް އަދި ރޭގަނޑު 20:30 ން 22:30 ށެވެ.

މީގެ ކުރިން "އަޤީދާ ވޯކްޝޮޕް" ގެ ނަމުގައި ވެސް ސަލަފުން ވޯކްޝޮޕްތަކެއް ހިންގާފައިވެއެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖް

ޝައިޚް އާދަމް ޝަމީމްގެ ވެބްސައިޓް

____

ފޮޓޯ : ވަސީމް - ދިއިސްލާމް

ޓެގް

ނަމާދު ވޯކްޝޮޕް ޝައިޚް އާދަމް ޝަމީމް ޖަމްޢިއްޔަތުއްސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.