ދަރުސް ޚަބަރު ޖަމްޢިއްޔަތުއްސަލަފުން "ހިޖްރަ ކޭމްޕް 2011" ބާއްވަނީ

ޖަމްޢިއްޔަތުއްސަލަފުން "ހިޖްރަ ކޭމްޕް 2011" ބާއްވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފުން ބާއްވާ ހިޖްރަ ކޭމްޕް 2011 ގެ ޕޯސްޓަރެއް / ލިޔުނީ : ޙަސަން ޝިޔާޒް

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން މި މަހުގެ 27 ން 29 ށް "ހިޖުރަ ކޭމްޕް 2011" ގެ ނަމުގައި ކޭމްޕެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެޖަމްޢިއްޔާ އިން މަޢުލޫމާތު ދެއްވާ ގޮތުގައި އދ. ތެލެވެލިގާ އައިލެންޑްގައި އޮންނަ މިކޭމްޕުގައި އެންމެ އިސްބޭފުޅެއްގެ ގޮތުން ބައިވެރިވެލައްވާނީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އެވެ. މިކޭމްޕްގެ މަޤްޞަދަކީ ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ އަޚްވަންތަކަމާއި އެކުވެރިކަމުގެ ރޫޙް އާލާ ކުރުން ކަމަށް އެޖަމްޢިއްޔާ އިން ބުނެއެވެ. މި ކޭމްޕްގައި ދީނީ އިމުގެ ތެރޭގައި ކުޅިވަރުގެ ޙަރަކާތްތައްވެސް އޮންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާޙް ވިދާޅުވި ގޮތުގައި މިކޭމްޕް އަމާޒްކުރެވެނީ ގިނަވެގެން 100 ބައިވެރިންނަށެވެ. މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްޞަކުރެވިފައިވާ މި ކޭމްޕްގައި ބައިވެރިވުމުގެ ފީއަކީ 300 ރުފިޔާއެވެ.

މި ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފޯމް ސަލަފް ލައިން (ހިލާލީމަގު) އިން ލިބިވަޑައިގަންނަވާނެ އެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ ޖުލައި 23 ވާ ހޮނިހިރު ދުވަހެވެ. ފޯމް ހުށަހަޅަން ޖެހެނީ ސަލަފް ލައިން އަށެވެ.

މި ކޭމްޕާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ނަންބަރު 7411078 ފޯނާއި ގުޅުއްވުމަށް ޖަމްޢިއްޔަތުއްސަލަފުން އެދިލައްވައެވެ.

މިދިޔަ އަހަރުވެސް ޖަމްޢިއްޔަތުއްސަލަފުން ވަނީ "ހިޖްރަ ކޭމްޕް" ގެ ނަމުގައި ކޭމްޕެއް ބާއްވާފައެވެ. 54 ބައިވެރިންނާއެކު ވ.ތިނަދޫގައި ބޭއްވި އެކޭމްޕްގައި ބައިވެރިން ދީނީގޮތުން ހޭލުންތެރި ކުރެވިފައިވެއެވެ. އަދި ސާފުތާހިރުކަން ބަހައްޓަން ޖެހޭ ގޮތާއި ނަމާދުގެ އަސްލު ޙަރަކާތްތައް ބައިވެރިންނަށް ދަސްކޮށްދިނުމުގެ އިތުރުން ޕާސަނަލް ފިޓްނަސް ޓްރޭނިންގެ ޚާއްޞަ ވޯކްޝޮޕެއް ހިންގާފައިވެއެވެ. އަދި އިސްލާމްދީނުގައި ޞިއްޙީ ދުޅަހެޔޮކަން އެއީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އަންގައިދެވިފައިވެއެވެ.

އެ ކޭމްޕްގެ ބައިވެރިން ބުނެފައިވާ ގޮތުގައި އެއީ ވަރަށް ކާމިޔާބު އަދި އެހާމެ ފައިދާ ކުރުވަނި ކޭމްޕެކެވެ.

“ހިޖްރަ ކޭމްޕް 2011″ ފޭސްބުކް އިވެންޓް

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖް

ޝައިޚް އާދަމް ޝަމީމްގެ ވެބްސައިޓް

ޓެގް

ހިޖްރަ ކޭމްޕް ޝައިޚް އާދަމް ޝަމީމް ޖަމްޢިއްޔަތުއްސަލަފް ޒުވާނުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.