އަރަބިދުނިޔެ

އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ހަޅުތާލުކުރަނީ

ލިޔުނީ: ހުސެއިން ސާލިމް

އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 7000 ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ދާކަމަށް ވަފާ ނޫސް އެޖެންސީން ހާމަކޮށްފިއެވެ.

ޚަބަރު ލިބޭ ގޮތުގައި، އިޒްރޭލުގެ ޖަލުތަކުގައި ތިބި ގައިދީންތައް އެއް ފަހަރާ ހަޅުތާލު ކުރަމުން ދަނީ، އެމީހުންނާ މެދު ތަފާތުކުރުންތައް އިންތިހާއަށް ގެންގުޅެމުން ދާތީއާއި، އަނިޔާ ލިބިފައިވާ ގައިދީންނަށާއި، ބަލިވެފައި ވާ ޤައިދީންނަށް ގަސްތުގައި، ބޭސްފަރުވާ ނުދީ ބައިތިއްބުންފަދަ ކަންކަން ކުރަމުން ގެންދާތީއެވެ.

ޕަލެސްޓީނިއަން ޕްރިޒަނާސް ކުލަބުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޤައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ދަނީ، އިޒްރޭލުގެ ވެރިންގެ ގޮވާލުމަށް، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުންނަށް ހުރިހާ ގޮތަކުން ދަތިކުރަމުން ދާތީ، އެކަން ކަން ސަމާލުކަމަށް ގެނައުމަށްޓަކައެވެ. މީގެ އިތުރުން، އިޒްރޭލުގެ މި އަމަލުތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން، ސުޕްރީމް ކޮމިޓީ ފޯ ޕްރިޒަނާސް އެންޑް ޕަލެސްޓީނިއަން ޕްރިޒަނާސް އުން އިނތިޒާމުކޮށްގެން ރާމަﷲގައި ބޭއްވުމަށް ހަމަ ޖެހިފައިވާ އެއްވުމުގައި ބައިވެރިވުމަށްވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އެ ކުލަބުން ނެރުނު ބަޔާނުގައި ގޮވާލާފައިވެއެވެ.

ނިމިގެން ދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑު ވަޒީރު، ބެންޖަމިން ނަތަން ޔާހޫ، ދިން ތަޤުރީރެއްގައި ވަނީ، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ގައިދީންނަށް ހުރިހާ ގޮތަކުން ދަތިކުރުމަށް ގޮވާލާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *