ޖަމްޢިއްޔަތުއްސަލަފުން ބާއްވާފައިވާ ދެ ދަރުސެއްގެ ޑީވީޑީ އިއްޔެ ބާޒާރަށް ނެރެފިއެވެ.
އެޖަމްޢިއްޔާ އިން ހާމަކުރާ ގޮތުގައި އިއްޔެ ނެރުނު އެއް ޑީވީޑީ އަކީ ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް 12 ނޮވެމްބަރ 2010 ގައި ށ.ކަނޑިތީމް ގައި "ޙަޔާތުގެ މަޤްޞަދު" މިމައުޟޫއަށް ދެއްވާފައިވާ ދަރުސްގެ ޑީވީޑީ އެވެ. އަނެއް ޑީވީޑީ އަކީ އެޖަމްޢިއްޔާގެ ނާއިބް ރައީސް ޝައިޚް ޙަސަން މޫސާ ފިކްރީ 15 ނޮވެމްބަރ 2010 ގައި ށ.ފޯކައިދޫ ގައި "ޢަރަފާތް ދުވަސް" މިމައުޟޫއަށް ދެއްވާފައިވާ ދަރުސްގެ ޑީވީޑީ އެވެ.
ދަރުސް ޑީވީޑީ އެއްގެ އަގަކީ 30 ރުފިޔާ ކަމަށާއި "ސަލަފް ލައިން" ފިހާރަ އިން ލިބެން ހުންނާނެ ކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުނެއެވެ.
ޑީވީޑީ ކަވަރ ޑިޒައިން : އަބޫ ޚާޝިޔާ


ކޮމެންޓް (0)
ލޯޑް ކުރަމުން...