ރާއްޖޭގެ ޚަބަރު ޑރ ޒާކިރު ނައިކް ރާއްޖެ ޒިޔާރަތް ކުރާނީ މެއި 31 އިން ޖޫން 6 އަށް – އައިއާރއެފް

ޑރ ޒާކިރު ނައިކް ރާއްޖެ ޒިޔާރަތް ކުރާނީ މެއި 31 އިން ޖޫން 6 އަށް – އައިއާރއެފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

'ޑރ ޒާކިރު ނައިކް ރާއްޖެ ޒިޔާރަތްކުރާނީ އަންނަ މެއި 31 އިން ޖޫން 6 އަށް.' ކަމަށް އިސްލާމިކް ރިސާރޗް ފައުންޑޭޝަން (އައިއާރުއެފް) އިން ހާމަކޮފިއެވެ.

ޑރ ޒާކިރު ނައިކް ރާއްޖެ ވަޑައިގަތުމާއި ބެހޭ ޚަބަރު ރާއްޖޭގެ މީޑިއާތަކުން ހާމަކޮށްފައިވާ ތާރީހާއި ޚިލާފަށް ޑރ ޒާކިރު ނައިކްގެ ޖަމިއްޔާއިން މިހެން ހާމަކުރުމުން އިސްލާމިކް އެފެއާރޒްގެ ވެރިންވެސް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. ރާއްޖޭގެ ދުވަހު ނޫސްތަކުން މިޚަބަރު އާންމުކޮށްފައިވަނީ 'ޒާކިރު ނައިކް ރާއްޖެ ވަޑައިގަންނަވާނީ މިމަހު 28 ގައި.' ކަމަށެވެ. އެހެނަސް އެތާރީހަށް މިހާރު މިވަނީ ބަދަލު އައިސްފައެވެ.

އިސްލާމިކް ރިސާރޗް ފައުންޑޭޝަން (އައިއާރުއެފް) ގެ ރަސްމީ ވެބްސައިޓުގެ ޑރ ޒާކިރު ނައިކްގެ ޝެޑިއުލްތަކުގައިވާ ގޮތުން މެއި 31 އިން ޖޫން 6 އަށް ދިވެހިރާއްޖެއަށް ދަތުރެއް ކުރައްވާނެކަމަށެވެ. އެހެންކަމުން ކޮންފޯރމް ތާރީހެއްގެ ގޮތުގައި 'މެއި 31 އިން ޖޫން 6' ވަނީ ޔަގީން ކުރެވިފައެވެ.

ޑރ ޒާކިރު ނައިކް ރާއްޖެ ވަޑައިގަތުމާއި ބެހޭ އެންމެ ފަހުގެ ޚަބަރާއި މައުޟޫމާތު ދިއިސްލާމްއިން ގެނެސްދެމުން ގެންދާނަމެވެ. (އިންޝާﷲ)

ޓެގް

ދަރުސް ވީޑިއޯ ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.