ރާއްޖޭގެ ޚަބަރު 'ޖަމިއްޔަތުލް މުސްލިހީން'ގެ ހިންގާ ކޮމެޓީ ވަރަށް އަވަހަށް އެކުލަވާލެވޭނެކަމަށް އެޖަމިއްޔާއިން ހާމަކޮށްފި

'ޖަމިއްޔަތުލް މުސްލިހީން'ގެ ހިންގާ ކޮމެޓީ ވަރަށް އަވަހަށް އެކުލަވާލެވޭނެކަމަށް އެޖަމިއްޔާއިން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

'ޖަމިއްޔަތުލް މުސްލިހީން'ގެ ހިންގާ ކޮމެޓީ ވަރަށް އަވަހަށް އެކުލަވާލެވޭނެކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

'މުސްލިމެއްގެ ގޮތުގައި ނޫނީ މަރުވެ ނުދާށެ!' މިމޮޓޯގެ ދަށުން ކުރިއަށްދާ މިޖަމިއްޔާއަކީ 22 ފެބްރުއަރީ 2010 ގައި ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ. ޖަމިއްޔަތުލް މުސްލިހީންގެ ފަރާތުން މިހާތަނަށް ދެ ދަރުސް ބާއްވާފައިވެއެވެ. އެގޮތުން ޝެއިހް ފަރީދުގެ ދަރުސްއެއްވެސް މިޖަމިއްޔާގެ ފަރާތުންވަނީ ބާއްވާފައެވެ.

ބ. އަތޮޅުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މާތް މަޤްސަދުގައި ވުޖޫދަށް އައި މިޖަމިއްޔާއިން ބ. އަތޮޅުގެ އެކި ރަށްތަކަށް ޝެއިހުން ގެނެސް ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޖަމިއްޔާގެ އިސް ފަރާތަކުން ދިއިސްލާމްއަށް ހާމަކުރެއްވިއެވެ.

ބ. އަތޮޅު ކަމަދޫގެ  މުއައްސިސުންނަކީ އަލީ އިސްމާއިލް، އަލީ ފިރާގް، ހުސެއިން ފައިސަލް، ސުހައިލް ހުސެއިން، އަބްދުލް ވާހިދު، އަބްދުލް ލަތީފު އަދި އަބްދުލް ފައްތާހްއެވެ.

Jamiyyathul Musliheen on Facebook

ޓެގް

ދީން ޒުވާނުން ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.