އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ މެނޭޖިންގ ޑިރެކްޓާރ ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ނިއުޔޯކް ގެ ފުލުހުންނާއި ހަވާލާދީ ހުޅަނގުގެ މީޑިއާތަކުން ޚަބަރު ދޭ ގޮތުގައި އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓާރ ޑޮމިނިކް ސްޓްރައުސް ކާން ހައްޔަރު ކޮށްފައިވަނީ ނިއުޔޯކްގެ ހޮޓަލެއްގައި މަސައްކަތްކުރާ އުމުރުން 32 އަހަރުގެ އަންހެނަކާ ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައެވެ. އެއަންހެން މީހާއާއި ހަވާލާދީ ފުލުހުން ހާމަކުރާ ގޮތުގައި "ޑޮމިނިކް ސްޓްރައުސް ކާން އުޅޭ ކޮޓަރި އެ އަންހެނާ އައީ ކޮޓަރި ސާފުކުރަން ކަމަށާއި އެއަންހެން މީހާ އައުމުން ބިންމައްޗަށް ވައްޓާލައި ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކޮށްފައިވާކަމަށެވެ. އޭރު ޑޮމިނިކް ހުރީ ބަރަހަނާ ހާލުގައި ކަމަށްވެސް ފުލުހުން ބުނެއެވެ. އެމެރިކާއިން ފަރަންސޭސިވިލާތަށް ފުރުމަށް ބޯޓްގައި އިންދާ ޑޮމިނިކް ހައްޔަރު ކޮށްފައިވާއިރު އޭނާގެ މޯބައިލް ފޯން އެބުނާ ކޮޓަރިތެރެއިން ފެނިފައިވާކަމަށްވެސް ހަބަރުތަކުން ބުނެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިސްވެރިޔާ ބަދުއަހުލާގީ މައްސަލާގައި ހައްޔަރު ކޮށްފައިވާއިރު އައިއެމްއެފް އިން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. ފުލުހުންނާއި ހަވާލާދީ މީޑިއާތަކުގައި ހާމަކޮށްފައިވާގޮތުގައި ޑޮމިނިކްގެ މައްޗަށް 'ބަދުއަހުލާގީ މައްސަލައާއި ރޭޕް ކުރަން މަސައްކަތް ކުރި ކަމުގެ މައްސަލަ އުފުލާނެ' އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...