ޔޫރަޕު

ބެލްޖިއަމްގައި 'މޫނު ބުރުގާ' އެޅުން މަނާކޮށްފި

ލިޔުނީ: އަލީ އަހްސަން

ބެލްޖިއަމްގައި 'މޫނު ބުރުގާ' އެޅުން މަނާކޮށްފިއެވެ.

އާންމު ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅުން މަނާކަމެއްކަމަށް އިއްޔެ އިއުލާންކޮށްފައިވަނީ ބެލްޖިއަމް ފެޑެރަލް ޕާލިމަންޓްގެ ހޯމްއެފެއާޒް ކޮމެޓީ އިން ނެގި ވޯޓަކުންނެވެ. ބެލްޖިއަމްގެ އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުމުގެ 'އަދަބެއްގެ' ގޮތުގައި ކަނޑައަޅާފައިވަނީ 'ހަތް ދުވަހު ޖަލުގެ ކުޑަގޮޅި' ކަމުގައި ކަނޑައަޅާފައިވެއެވެ. އެކަމާއި ބެހޭ ބިލަށް މިއަންނަ މަހު ބަހުސް ކުރެވެން ފަށާނެކަމަށް މީޑިއާތަކުން ބުނެއެވެ.

5 ލައްކަ މުސްލިމުން ދިރިއުޅޭ ބެލްޖިއަމްގައި 'މޫނު ބުރުގާ' އެޅުން ސަރުކާރުން މަނާކުރިއިރު ޔޫރަޕް ބައެއް ޤައުމުތަކުންވެސް މޫނުބުރުގާ މަނާކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.  މޫނު ބުރުގާގެ ސަބަބުން 'އަންހެނުންގެ ހައްޤުތައް' ގެއްލޭ ކަމަށާއި އެކަކު އަނެކަކު ވާހަކަ ދައްކާއިރު އެކަކު އަނެކަކު ފެންނަންޖެހޭނެކަމަށް މޫނުބުރުގާ އެޅުން މަނާކުރަން މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިއަދު މޫނު ބުރުގާ މަނާކުރީއެވެ. މާދަމާ އާދައިގެ ބުރުގާ މަނާކުރާނެއެވެ. އަނެއް ދުވަހު ސްކާފު އެޅުން މަނާކުރާނެއެވެ. އެންމެ ފަހުން މިނީ ސްކާޓު މަނާކުރާނެއެވެ. އަންހެނުންގެ ހައްޤުތައް ހޯދައިދިނުމުގެ ނަމުގައި މަޑުމަޑުން އަންހެންވެރިން އޮރިޔާން ކުރާތަން މިދަނީ ފެންނަމުންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ެމީހުނައް ހުއްދަވާނެ އަންހެނުން ރޯ އޮރިޔާމުން މަގުތަކުގަ ހިނގަން ވެސް، ބުރުގާ އެޅޭމަ ހައްގު ގެއްލޭނީ.‫​

Your email address will not be published. Required fields are marked *

More in ޔޫރަޕު