ރާއްޖޭގެ ޚަބަރު

އެމް.ޑީ.ޕީ އިން އިސްލާމް ދީނާއި ޙިލާފުކަމެއް ނުނިންމަވަނެކަމަށް ޒަކީ ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް ރައީސްގެ ޙިޠާބުގައި ޒަކީގެ ވާހަކަޔާއި ފުށުއަރާ އެތައް ކަމެއް

ލިޔުނީ: ހުސެއިން

އެމްޑީޕީއަކީ ދީނަށް ލޯބިކުރާ ޕާޓީއެއްކަމަށާއި ދީނާ ހިލާފް އެއްވެސް ކަމެއް އެޕާޓީން ނުނިންމަވާނެކަމުގައި އެޕާޓީގެ އިސްލާމިކް މަޝްވަރާ މަޖިލީހުގެ މެމްބަރު ހާފިޒް ޒަކީ ވިދާޅުވިތާ 24 ގަޑި އިރުނުވަނީސް ރައިސްލުޖުމުހުރިއްޔާގެ ރޭޑިޔޯ ޙިޠާބުގައި، ޒަކީގެ ވާހަކަ ތަކާއި ފުށުއަރާ އެތައްކަމެއް ހާމަވެއްޖެއެވެ.

ޒަކީ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީ އަދި ޖަމިއްޔަތުލް ޚައިރު ގުޅިގެން ބޭއްވުމަށް ހަމަޖެހުނު ދީނީ ދަރުސް ހަމަނުޖެހުންތަކަކަށް ފަހު ހުއްޓާލާ ދެއްވި ނިއުސް ކޮންފަރެންސްގައެވެ. ޒަކީ ވިދާޅުވީ  އެމްޑީޕީއަކީ ދީނަށް ލޯބިކުރާ ޕާޓީއެއްކަމަށާއި ދީނާ ހިލާފް އެއްވެސް ކަމެއް އެޕާޓީން ނުނިންމަވާނެކަމަށެވެ.

ނަމަވެސް ޒަކީ މިހެން ވިދާޅުވެފައި ވަނިކޮށް، ރައިސުލްޖުމުހުރިއްޔާގެ ރޭޑިޔޯ ޙިޠާބުގައި، އެމަނިކުފާނު ވަނީ، ދީނީ ދަރުސްތަކުގައި، އަންހެންބޭފުޅުންނާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ، އަންހެނުންގެ ޙައްޤުތަކަށް ނެދެވޭ އަސަރު ކުރުވާކަމެއްކަމުގައި ވިދާޅުވެފައެވެ. އަދި ރައީސް ވިދާޅުވީ  ރޭޑިޔޯއާއި ޓީވީއިންނާއި މީޑިޔާއާއިން ހުރިހާ ބާވަތެއްގެ ވާހަކަވެސް އިވިގެންދާނެކަމަށާއި، އޭގެތެރެއިން ރައްޔިތުން ޤަބޫލުކުރާ ގޮތުގެ މަތިން ، އޭގެތެރެއިން ރައްޔިތުން ޚިޔާރުކުރަން ބޭނުން މަގަކަށް ރައްޔިތުން ދިރިއުޅެމުން މަސައްކަތް ކުރަމުން ގެންދާންވީ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *