ފަލަސްތީނުގެ ޒުވާނުން އިޒްރޭލު ސިފައިންގެ އުޅަނދެއް އަންދާލައިފިއެވެ.
މިކަން ހިނގައިފާވަނީހުކުރު ދުވަހުގެ މެންދުރުފަހު ވަގުތެއްގައި އިސްތިއުމާރު ކުރެވިފައިވާ މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު ހިމެނޭ އޫރުޝަލީމްގައެވެ. ފަލަސްޠީނުގެ އެކި ޝަހަރުތަކަށް ނިސްބަތްވާ ޒުވާނުންނާއި އިޒްރޭލު ސިފައިންނާ ކުރިމަތިލި ކުރިމަތިލުމުގައި ފަލަސްތީނުގެ ޒުވާނުންވަނީ ޕެޓްރޯލް ބޮމާއި ، ގަލާއި ހުސްފުޅިތަކުން އިޒްރޭލު ސިފައިންނަށް ހަމަލާ ދީފައެވެ. ރައްދުގައި އިޒްރޭލު ސިފައިން ވަނީ ކަރުނަގޭހާއި ރަބަރު ވަޒަން ބޭނުން ކޮށްފައެވެ. ނަމަވެސް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ފަލަސްތީނުގެ އެއްވެސް ޒުވާނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މައުލޫމާތު : ޤައްސާމް ވެބްސައިޓް

ކޮމެންޓް (0)
ލޯޑް ކުރަމުން...