ރާއްޖޭގެ ޚަބަރު ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވާ ރިޙްލާ ކުރިއަށް އެބަދޭ

ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވާ ރިޙްލާ ކުރިއަށް އެބަދޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވާ ރިޙްލާ ކުރިއަށް އެބަދާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ޖަމިޢިއްޔަތުއް ސަލަފްފެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ 'ރިޙްލާ' ޕްރޮގްރާމް މިއަހަރު ބާއްވަނީ ތ އަތޮޅުގގެ 11 ރަށެއްކަމުގައިވާ ވޭމަންޑޫ، އޮމަދޫ، ކިނބިދޫ، ހިރިލަންދޫ، ކަނޑޫދޫ، ބުރުނި، ވިލުފުށި، ދިޔަމިގިލި، ގުރައިދޫ އަދި މަޑިފުށީގައިކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ.

މާރޗް 21 ވަނަ ދުވަހުން މާރޗް 24 ވަނަ ދުވަހަށް ކުރިއަށްދާ މިސިލްސިލާ ދަރުސްތަކުގައި 4 ޝެއިޙުން ބައިވެރިވާކަމަށް ދިއިސްލާމްއަށް ވަނީ ޚަބަރު ލިބިފައެވެ. އެއީ އައްޝައިޚް އަހުމަދު ސަމީރު އިބްރާހިމް، އައްޝައިޚް ތޮއްޔިބު ޢަބްދުލް ޙަކީމް، އައްޝައިޚް އަޒްމަތު ޖަމީލް އަދި  އައްޝައިޚް އަހުމަދު ނިޒާމް ނިޒާމްއެވެ.

ޖަމިއްޔަތުއް ސަލަފްގެ ފަރާތުން 'ރިޙްލާ'ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖައްސާފައިވާ މިޕްރޮގްރާމްއަކީ ދަރުސްތަކެއްގެ މައްޗަށް އެކުލެވިގެންވާ ސިލްސިލާ ޕްރޮގްރާމްއެކެވެ. މިދިޔަ އަހަރު މިޕްރޮގްރާމް ބާއްވާފައިވަނީ ޅ. ނައިފަރުގައެވެ.

ޓެގް

ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.