ރާއްޖޭގެ ޚަބަރު ޤުރުއާނިސްޓް” ނުވަތަ “ޤުރުއާނިއްޔީން” އާއި ޙައިޟުވެރިޔާގެ ރޯދަ!

ޤުރުއާނިސްޓް” ނުވަތަ “ޤުރުއާނިއްޔީން” އާއި ޙައިޟުވެރިޔާގެ ރޯދަ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޙަސަން ޒާހިރު

"ޤުރުއާނިއްޔީން" ބުނާގޮތުން ޙައިޟުވެރިޔާއަށް ރޯދަ ދުލެއް ނުކުރެވޭނެއެވެ. އޭނާގެ މައްޗަށް އޮތީ އެދުވަސްތަކުގައިވެސް ރޯދަ ހިފުމެވެ. ދަލީލެއްގެ ގޮތުގައި އެއުރެން ބުނަނީ سورة البقرة 184 ވަނަ އާޔަތެވެ. މިއާޔަތުގެ މާނާގައިވަނީ " (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ." (سورة البقرة 184)  މިއާޔަތުގައި ބަޔާންވެގެންވާ އުނދަގޫ ކަމާއެކު ރޯދަހިފާ މީހުންގެ ތެރޭގައި ޙައިޟުވެރިޔާ ނުހިމެނޭނެކަމަށް "ޤުރުއާނިއްޔީން" ބުނެތެވެ. "ޤުރުއާނިއްޔީން" ގެ ދަޢުވާ މިގޮތުގައި ވީނަމަވެސް މާތް ﷲ  سورة البقرة ގެ 222 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ ޙައިޟުވެރިވުމަކީ އުނދަގޫ ލިބެނިވި ކަމެއް ކަމުގައެވެ. މިއާޔަތުގެ މާނާގައިވަނީ " އަދި حيض އާމެދު، ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ......" (سورة البقرة 222)

ދީނީ ކަންކަމުގައި ޙުކުމް ނެގުމަށް ހަމައެކަނި ޤުރުއާން ފުދޭކަމަށް، ޙަދީޘް އަށް ބަލަން ނުޖެހޭކަމަށް ދަޢުވާކުރާ "ޤުރުއާނިއްޔީން" އަށް ކީރިތި ޤުރުއާނުގައިވާ އެއްޗެއްވެސް ކުޑަމިނުން ނޭގޭކަމުގެ ހެއްކަކަށް އެވެރިންދައްކާ މިޒާތުގެ ވާހަކަ ފުދެއެވެ. މިއީ ބަޔަކު ކިތަންމެ ވަރަކަށް އިސްލާމްދީން އޮޅުވާލައި މިދީނުގެ ތެރެއަށް ޝުބުހަ ވައްދަން މަސައްކަތް ކުރިޔަސް އެކަމެއް ކާމިޔާބު ނުވާނެކަމުގެ ފަޅުވެ ފެންނަންހުރި ދަލީލެކެވެ. މާތް ﷲ ގެ ދީނަށް ފުރައްސާރަކުރާ ކޮންމެ ބަޔަކު ބެޒާރުވެ ފަލީހަތްވާގޮތުގެ ފުރިހަމަ މިޘާލެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.